ފާއިތުވި ދެ އަހަރުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު މަދު: އަލީ ނަޒީރު

ފާއިތުވި ދެ އަހަރުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު މަދު: އަލީ ނަޒީރު

Author
އަޒްފާ ރަޝީދު
01 މެއި 2023 05:18
0

ފާއިތުވި ދެ އަހަރުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު މަދުކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް، އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

އަލީ ނަޒީރު މިހެން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއްގެ ބެލުމުގެ ދަށަށް ކުޑަކުއްޖަކު ގެންނަނީ ވަރަށް ގިނަ މަރުހަލާތައް ކަޑައްތުކުރުމަށްފަހުގައި ކަމަށެވެ. އެހާހިސާބުން، ކުއްޖާގެ ހާލަތަށް ބަލާއިރު، އެކުދިން ރަނގަޅު ކުރުމަކީ އުނދަގޫ މަސައްކަތެއް ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ކުދިންގެ ޕްރިވެންޝަންއަށް ކަމާގުޅޭ މުއައްސަސާތަކުން ގިނަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އިޖްތިމާއީ މިފަދަ މައްސަލަތަކަކީ އަހަރެއް ނުވަތަ ދެ އަހަރެއްގެ ތެރޭގައި ހައްލުކުރެވޭނެ މައްސަލަތަކެއް ނޫންކަމަށާއި، ނަމަވެސް މިހާރު ހިންގަމުންދާ ޕްރޮގްރާމްތަކުގެ ރަނގަޅު އަސަރު ފެންނަމުންދާކަމަށެވެ. އެގޮތުން ޖުވެނައިލް ޖަސްޓިސްއަށް މީގެ ކުރީގެ އަހަރުތަކުގައި ހުށަހެޅޭ މައްސަލަތަކުގެ އަދަދާއި، 2021 އަދި 2022ގައި ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު މަދުކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުދިން އަނބުރާ މުޖުތަމައުއަށް ނެރުމަށް ގިނަ މަސައްކަތްތައް އަދިވެސް ކުރަންޖެހޭ ކަމަށެވެ. މިހާރު ވެސް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެ ދަށުން ކުދިން މަރުކަޒުކޮށްގެން ފަރުވާ ދިނުމަށް ބޭނުންވާ މަރުކަޒުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ވިދާޅުވީ މިއަހަރުގެ ތެރޭގައި ބައެއް މަރުކަޒުތައް ނިމި، ޚިދުމަތް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޕްރިވެންޝަންގެ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރާނެ ކަމަށެވެ. އަދި ކުށަށް ހުށަހެޅިފައިވާ ކުދިންނަށް އެކަށީގެންވާ ރަނގަޅު ފަރުވާދީ، އިލްމީ ގާބިލް ކުދިންތަކެއް އަނބުރައި މުޖުތަމައަށް ނެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފުލުފުގަ
ޗާގޯސްވާހަކަގަޑުު އޮއްބާލެވޭނެކަމަހީކޮއްް ހަވާފަޓާސްބަރިއެއްގޮތައްް ކަންތައްް އިއުލާނުކުރާކަންް އެގޭެ މީހުންވަރައްގިނަަ ޗާގޯސްް ފައިސާގަޑުކައްވާލާފަަ ގައުމުު އަދަވަޅަކައްވައްޓާލާންް މަސައްކަތްް ނުކުރުންް ބުއްދިވެރިި އެފައިސާތަކައްް ހެދިގޮތެއްް ސާފުކޮއްކިޔާދޭންޖެހޭޭ މުޅިގައުމުު ކެކިއަރާވަގުތެއްގަަ ކަންކަންހިންދާލަންް މަސައްކަތްކުރާކަންް އެގޭމީހިންް ލައްކަގިނަަ