ތިލަފުށްޓާއި ގުޅީފަޅު ފަޅަށް ދޫކޮށްލާފައިވާ 80 އުޅަނދެއް ނެގުމަށް 30 ދުވަހުގެ މުހުލަތެއް

ތިލަފުށްޓާއި ގުޅީފަޅު ފަޅަށް ދޫކޮށްލާފައިވާ 80 އުޅަނދެއް ނެގުމަށް 30 ދުވަހުގެ މުހުލަތެއް

Author
އަޒްފާ ރަޝީދު
29 އޭޕްރިލް 2023 07:16
0

30 ދުވަހުގެ ތެރޭގައި ތިލަފުށްޓާއި ގުޅީފަޅު ފަޅުތެރެއަށް ދޫކޮށްލާފައިވާ 80 އުޅަނދެއް ނެގުމަށާއި މި އުޅަނދުތަކުގެ ވެރިން ހޯދުމުގެ މަސައްކަތް އާރބަންކޯއިން ފަށައިފިއެވެ.

އާރބަންކޯއިން  ވަނީ، ތިލަފުށްޓާއި ގުޅީފަޅު ފަޅުތެރެއަށް ދޫކޮށްފައި ހުރި އުޅަނދުތަކާއި ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ އުޅަނދުތައް ހިމެނޭހެން 80 އުޅަނދެއްގެ މަޢުލޫމާތު އާއްމުކޮށްފައެވެ.

ތިލަފުށްޓާއި ގުޅީފަޅު ފަޅުތެރެއަށް ދޫކޮށްލާފައި އޮތް އުޅަނދުތައް ނެގުމަށް އަންގަވާފައިވަނީ "ކ.ތިލަފުށްޓާއި ކ.ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު ޢަމަލުކުރުމުގެ އުޞޫލު"ގެ ދަށުންނެވެ.

އެގޮތުން އެ ސަރަޙައްދުގައި ހުރި އުޅަނދުގެ ތެރެއިން އެ ސަރަޙައްދަށް ދޫކޮށްލާފައިވާ އަދި އެ ސަރަޙައްދަށް އަޑިއަށް ގޮސްފައިވާ އުޅަނދުތައް، އެ އުޅަނދުތަކުގެ ވެރިފަރާތުން ނެގުމަށް ވަނީ އަންގައިފައެވެ.

30 ދުވަހުގެ މުއްދަތުގެތެރޭގައި އުޅަނދުތައް ނުނަގާނަމަ، "ކ.ތިލަފުށްޓާއި ކ.ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު ޢަމަލުކުރުމުގެ އުޞޫލު"ގެ ދަށުން އުޅަނދުތަކާމެދު ޢަމަލުކުރާނެ ކަމަށްވެސް އާބަންކޯއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.