މިއަދު ކުރިއަށް ދިޔަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބު ޚަބަރު އޮންލައިންގެ ޗީފް އޮޕަރޭޓިން އޮފިސަރ، ޢަލީ އާދަމް ކާމިޔާބުކޮށްފިއެވެ.
މީޑިއާ ކައުންސިލް އިންތިޚާބުގައި ވާދަކުރީ މީޑިއާތަކުން އިންތިޚާބުކުރާ މެމްބަރުކަމަށް ވާދަކުރީ "ހަބަރު" އޮންލައިންގެ ފަރާތުން އަލީ އަދަމް އާއި "ލުއި" މީޑިއާގެ ފަރާތުން އަހްމަދު މުޖްތަބާއެވެ. އަދި އާންމުންގެ މެންބަރަކަށްވުމަށް ކުރިމަތިލާފައިވަނީ އާއިޝަތު ނާޒް، ޖައިލަމް ތައުފީގް، އަލީ އިސްމާއީ އަދި ޝާކިރު މުހައްމަދުއެވެ.
މީގެ ތެރެއިން މީޑިއާ ތަމްސީލް ކުރާ މެމްބަރަކަށް އަލީ އާދަމް އިންތިޚާބްވީ 64 މީޑިއާގެ ތާއީދާއިއެކުގައެވެ. މުޖުތަބާއަށްލިބުނީ 8 ވޯޓެވެ.
މިއީ ޚަބަރު އޮންލައިނަށް މީޑިއާ ކައުންސިލްގެ ގޮޑިއެއް ތަމްސީލްކުރަން ލިބުނު ފުރަތަމަފަހަރެވެ. މިފުރުސަތުގައި ޚަބަރު އޮންލައިނަށް އިތުބާރުކޮށް، ޚަބަރު އޮންލައިގެން ޚަބަރު އޮޮންލައިންގެ ޗީފް އޮޕަރޭޓިން އޮފިސަރ، ސީއޯއޯ ޢަލީ އާދަމަށް ވޯޓު ދެއްވި އެންމެހާ މީޑިއާތަކަށް ނުހަނު އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ. އަދި މީޑިއާ ކައުންސިލްގައި މީޑިއާތަކުގެ ހައްގުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައި ޢަލީ އާދަމްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެއެވެ.

ޢަލީ އާދަމަކީ 2008 އިން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރަސްމީކޮށް ނޫސްވެރިކަމަށް ނުކުތީ 2011 ތަމްރީނެއް ފުރިހަމަ ކުރުމަށްފަހު ދިޓީވީންނެވެ. އޭގެފަހުން އަމިއްލަ ރަށުގެ އޮންލައިން ކުޅުދުއްފުށީ އޮންލައިނަށްވެސް ޕާޓް ޓައިމްކޮށް ލިޔުނެވެ.
ޢަލީ އާދަމްވަނީ 2013 އިން 2020 އަށް ދައުލަތުގެ މީޑިއާގެ ނިއުސްގައި މަސައްކަތްކޮށްފައެވެ. ޕީއެސްއެމުން ވަކިވިއިރު އެތަނުގެ ނިއުސް ޗެނަލްގެ ޕްރޮޑަކްޝަން ހެޑެއްގެ ގޮތުގައި މަސައްކަތް ކޮށްފަައިވެއެވެ. މިހާރު ޚަބަރު އޮންލައިންގެ އޮޕަރޭޝަންސްތައް ބަލަހައްޓައި، އޮންލައިގެން މަސައްކަތް ދުވަހުން ދުވަހަށް ބަލެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއްވެސް އަދާކުރަނީ އަލީ އާދަމެވެ. މީގެ އިތުރުން ރާއްޖޭގައި އުފެއްދި ފުރަތަމަ ބިޒްނަސް ޗެނަލްގައި ޕްރޮޑަކްޝަން އާޓިސްޓެއްގެ ގޮތުގައިވެސް އަލީ ދަނީ މަސައްކަތް ކުރަމުންނެވެ.

އަލީ ބޮޑަށް ހާއްސަވަނީ ބްރޯޑްކާސްޓިންގ ޖާނަލިޒަމަށެވެ. މިފުރުސަތުގައި އަލީ އާދަމަށް ޚަބަރު އޮންލައިންގެ ފަރާތުންވެސް މަރުހަބާ ދަންނަވަމެވެ. ޚަބަރު އޮންލައިނަކީ ވަގުތުން ވަގުތަށް އެންމެ ތާޒާކަމާއިއެކު ޚަބަރާއި މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭ އޮންލައިނެވެ. އަދި އޮންލައިންގެ އަމާޒަކީ އެއްވެސް ފަރާތަކަށް ނުޖެހި ހަމަހަމަ ކަމާއިއެކު ޚަބަރާއި މައުލޫމާތު ގެނެސްދިނުމެވެ.