އާންމުވެގެން އުޅޭ ސިޓީއަކީ އަޅުގަނޑު ފޮނުވި ސިޓީއެއް ނޫން: ރައީސް

އާންމުވެގެން އުޅޭ ސިޓީއަކީ އަޅުގަނޑު ފޮނުވި ސިޓީއެއް ނޫން: ރައީސް

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2023 11:16
0

ޗާގޮސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނެ އާންމުވެގެން އުޅޭ ސިޓީއަކީ އެމަނިކުފާނު ފޮނުއްވާފައިވާ ސިޓީ ނޫން ކަމަށާއި އެކަމަކު ފޮނުއްވި ސިޓީފުޅުގެ ތަފުސީލު ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީގައި މިލިޓަރީ ބޯޓުތަކުގެ ވާހަކަ ސިޓީގައި ނޯންނާނެ ކަމަށެވެ. ސިޓީގެ ސަބަބުން މިއަދު ނިންމުމަށް އަސަރު ކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު ރައީސް ސޯލިހް ވިދާޅުވީ އެއީ މުޅިން ދެކަމެއް ކަމަށެވެ.

މުޅިން ދެކަމެއްނޫންތޯ މިއީ. އެއްކަމެއްގައި މި ދައްކަނީ ޗާގޯސްގެ މިލްކުވެރިކަމުގެ ވާހަކަ. ސިޔާދަތީ ބާރުގެ ވާހަކަ. އަނެއްކަމަކަށް މި ދައްކަނީ ސަރަހައްދު ބެހުމުގެ ވާހަކަ.

– ރައީސް ސޯލިހް ވިދާޅުވިއެވެ.

އޭގެ ތަފުސީލުތަކަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ސިޓީފުޅު ފޮނުއްވުމުގެ މައިގަނޑު ބޭނުމަކީ ޗާގޮސް އަކީ އިނގިރޭސިންގެ ތަނެއްކަން ރާއްޖެ އިން ދެން ނުބުނާނެ ކަމަށް ވިދާޅުވެ ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އަދި އެ ސިޓީ ފޮނުއްވީ، އޭރު މޮރިޝަސްގެ ބާރުގެ ދަށަށް ޗާގޯސް ގޮސްފައި އޮތުމާ ވެސް އެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލާގައި އދ. ގައި ރާއްޖެ އިން ވޯޓު ދިނީ މޮރިޝަސް އާ ދެކޮޅަށް ކަމަށާއި އެއީ ގައުމުތަކުގެ އިސްތިއުމާރީ ކުރުމަށް ހިތްވަރު ލިބޭ ނިންމުމެއް ކަމަށް އޭރު ފާޑު ކިޔުންތައް އަމާޒުވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، ރާއްޖެ އަކީ އިސްތިއުމާރު ކުރުމާ އަބަދު ވެސް ދެކޮޅު ގައުމެއް ކަމަށާއި އެގޮތަށް އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ، ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސް އިން ހުށަހަޅާފައިވާތީ އެކަމަށް "ޕްރޮޓެސްޓް ކުރަން" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އިޓްލޮސްގެ ހުކުމުގެ ތަފުސީލީ ބަޔާނުގައި ސިޓީގެ ވާހަކަތައް އެބަހުރި ކަމަށެވެ. ސިޓީއާ ގުޅޭ ގޮތުން ރައީސް ސޯލިހް ވިދާޅުވީ ޗާގޯސްއަކީ އިނގިރޭސީންގެ ތަނެއް ކަމަށް ރާއްޖެއިން ދެން ނުބުނާނެ ކަމަށް އެ ސިޓީގައި ހާމަކުރެއްވި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.