ރާއްޖެއިން މިއަދު ކާމިޔާބުކަމާއެކު ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑަޅައިފި ކަމަށާއި، އިޓްލޮސްއިން މިއަދު އިއްވި ހުކުމާއެކު ސަރުކާރުން މިކަން ކޮށްފައިމިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އަސާސްތަކަށް ފުރިހަމައަށް ޢަމަލުކޮށްގެން ކަމުގައި ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެެރއިން ފުށުއަރާ ސަރަހައްދާއި ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން 23 އޮގަސްޓު 2019 ގައި ހުށަހެޅި މައްސަލާގައި މިއަދު އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އިފް ދަ ސީ (ޓްރައިބިއުލަން) ކުރިން ހުކުމަށްފަހު ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއަދު ބައިނަލްއަޤުވާމީ ނިޒާމަށް ދިވެހިރާއްޖޭގެ މައްޗަށް އޮތް ފުރިހަމަ އިތުބާރުގެ ސަބަބުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ފުރިހަމަ އިންތައް ކަށަވަރު ކުރެވިއްޖެ ކަމުގައެވެ.
އަދި ޝާހިދުވަނީ މިތާރީޚީ ކާމިޔާބީގެ މަރުހަބާ ރައީސް ސާލިހަށާއި، ބަންޑާރަ ނައިބު އިބުރާހިމް ރިއްފަށާއި އޭގެ އިތުރުން މިމައްސާލާގައި ވާކާލާތު ކުރި ރާއްޖޭގެ ޓީމަށް ފޮނުއްވާކަމަށްވެސް ވިދާޅުވެފައެވެ.
ރާއްޖެއިން މިއަދު ކާމިޔާބުކަމާއެކު ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑަޅައިފި. މިކަން ކޮށްފައިމިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އަސާސްތަކަށް ފުރިހަމައަށް ޢަމަލުކޮށްގެން.
ބައިނަލްއަޤުވާމީ ނިޒާމަށް އަޅުގަނޑުމެންގެ އޮތް ފުރިހަމަ އިތުބާރުގެ ސަބަބުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ…
— Abdulla Shahid (@abdulla_shahid) April 28, 2023
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ޚިޔާލު ތަފާތުވި މެރިޓައިމް ބައުންޑަރީގެ މައްސަލާގައި އިޓްލޮސްއިން މިއަދު އިއްވި ހުކުމުގައި ރާއްޖެއަށް ލިބޭކަމަށް ހުކުމް ކޮށްފައިވަނީ ފުށުއަރާ 92،563 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެކެވެ. އަދި އަދި މޮރިޝަސްއަށް ދޭން ކޯޓުން ހުކުމް ކޮށްފައިވަނީ 45،331 ގެ ސަރަހައްދެކެވެ.
މި ހުކުމަށްފަހު އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ޓްރައިބިއުނަލްއިން މިގޮތަށް ނިންމާފައިވަނީ ދިވެހިރާއްޖެއިން ހުށަހެޅި ގޮތަށް ކަމުގައެވެ.
އެއީ، "ބެލްންހެމް ރީފް" ގައި ބޭސް ޕޮއިންޓް ނުހިމެނޭނެކަމަށް ކަނޑައަޅައިގެންނެވެ. އަދި އުތުރު ޗާގޮސް އައުޓަރ ކޮންޓިނެންޓަލް ޝެލްފް މޮރިޝަސްއަށް ހައްގުވާކަމަށް ސާބިތު ކޮށްދީފައި ނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓަރ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓް ނުކުރުމަށްވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
މިއަދުގެ ހުކުމާއި ގުޅޭގޮތުން އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އޭޖީ އޮފީހުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މިމައްސަލާގައި ޓްރައިބިއުނަލްއިން ދިވެހިރާއްޖޭގެ ބައިންޑަރީ ކަނޑައެޅުމުގެ ނަތީޖާއަކީ މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ދެކުނުން ޚާއްސަ އިގްތިސާދީ ސަރަހައްދުގެ އައުޓަރ ލިމިޓް ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުގެ މައްޗަށް ސިޔާދަތީ ހައްގުތަށް ލިބި، ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކުގެމަތިން ކަށަވަރުވުން ކަމުގައިވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.