ނިމިދޔަ ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގައި އިންތިޚާބަށް ނުފޫޒު ފޮރުވުމަށް އެދާއިރާގައި ވަޒީފާ ދީފައި ނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އިންތިހާބާއި ދިމާކޮށް އުސޫލުން ބޭރުން ސްޓެލްކޯއިން 80 ވަޒީފާ، އެދާއިރާގެ ރައްޔިތުންނަށް ބަހާފައިވާކަމަށްބުނެ ބައެއް ނޫސްތަކުގައި ޝާއިރު ކޮށްފައިވާ ޚަބަރުތައް ދޮގު ކުރައްވައި ކުރެއްވި ޓުވީޓުގައެވެ.
ޝަރީފް ވިދާޅުވީ ނިމިދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާިއ ދިމާކޮށް ސްޓެލްކޯއިން އެދާއިރާގެ 80 މީހަށް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދީފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށެވެ. އަދި ކުންފުނީގެ އަގުވެއްޓޭ ގޮތަށް މިފަދަ ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއްކަމަށެވެ.
ޚަބަރުގަ ލިޔެލާ ކޮންމެ އެއްޗަކީ ސައްޚަ މައުލޫމާތެއް ކަމުގަ ބައްލަވާ ކުންފުންޏަށް އެކުއުސް ނުކުރެއްވުުން އެދެން. ގުރައިދޫ ދާއިރާގެ އިންތިޚާބުގަ 80 ވަޒީފާ ސްޓެލްކޯއިން ނުދެން.
– ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކާމިޔާބު ކުރީ މިލިއަނުން ފައިސާ ބަހައިގެން ކަމަށް އިދިކޮޅު ޕީޕީއެމުން ވަނީ ބުނެފައެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމާއި އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފާ ވާދަކުރައްވައިގެންނެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒަށް ވަނީ 1346 ވޯޓު ނުވަތަ ވޯޓްލީ މީހުންގެ %49.96 އިންސައްތަ ހޯއްދަވާފައެވެ. ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 1226 ވޯޓު ނުވަތަ %45.51 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ %4.53 އެވެ.
ކޮމެންޓު ފޮނުވާ