ކުރީގެ ނައިބް ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ.މުހައްމަދު ޖަމީލް އަހުމަދަކީ ދޮގުވެރިއެއް ކަމަށް ހުކުމްކޮށް ކޯޓުތަކަށް ނުވަދެވޭ ގޮތް ހަދަން ޖެހިފަ ހުރި ބޭފުޅެއް ކަމުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ޖަމީލް ދައްކަވާ ވާހަތައް އަޑުއަހާނެ ސުއިއްޕެއްވެސް މިއުޑު ދަށުގައި ނެތްކަމަށް ވިދާޅުވެ އާޒިމް ދެއްކެވި ވާހަތަކަށް ޖަމީލް ދެއްވި ރައްދަކާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. ޑރ.ޖަމީލް ވިދާޅުވެފައިވަނީ މިސަރުކާރު ނިމޭއިރު އެންޓި ކޮރަޕްޝަން ކޮމިޝަންވެސް މިނިވަން ވާނެކަމަށެވެ.
މީހުން ބުނެއުޅޭ އަޑުއަހަން، ވަގުންގެ ފޮށި ބާރަށް ބަަންނާނޭ. މިސަރުކާރު ނިމޭއިރު އޭސީސީވެސް މިނިވަންވާނެ.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ޖަމީލްގެ ވާހަކަތަކާއި ގުޅިގެން އާޒިމް ވިދާޅުވީ ޑރ.،ޖަމީލަކީ ދޫގިނަ ރައްޔިތުންގެ ތެރޭގައި ދައްކަވާ ވަހަކަތަކުގެ އިތުބާރު ގެެއްލިފައިވާ ބޭފުޅެއްކަމަށެވެ. އަދި ޖަމީލަކީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ދޮގުވެރިއެއްކަމަށް ކަނޑައަޅައި ކޯޓުތަކަށް ނުވަދެވޭ ގޮތަށް ހަދަން ޖެހިފައި ހުރި ބޭފުޅެއްކަމަށް އާޒިމް ވިދާޅުވިއެވެ.
ޝަރުއީ ކޯޓަކުން ދޮގުވެރިއެއް ކަމަށް ހުކުމްކޮށް ކޯޓުތަކަށް ނުވަދެވޭ ގޮތް ހަދަން ޖެހިފަ ހުރި ބޭފުޅެއް. ދޫގިނަ، އަނގަ ގިނަ އިތުބާރު ގެއްލިފައިވާ ބޭފުޅެއް.
– އާދަމް އާޒިމް ވިދާޅުވިއެވެ.
Sharuee court akun dhoguveri eh kamah hukum koh e court thakah nuvadhevey goiy hadhan jehifa huri beyfulheh. Dhoo gina, aga gina ithubaaru gehlifa vaa beyfulheh. https://t.co/s1XZkqmppJ
— Adam Azim (@adamazim) April 26, 2023
ޑރ.ޖަމީލަކީ ރައީސް ޔާމީންގެ ވެރިކަމުގައި ނައިބް ރައީސްކަމުގަިއ ހުންނަވަނިކޮށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ނައިބް ރައީސްކަމުން ވަކިކުރަން އުޅުމުން ރާއްޖެއިން ބޭރަށް ވަޑައިގެން ރައީސް ޔާމީނަށް ވަރަށް ހުތުރުކޮށް މުހާތަބުކޮށް، ބޮޑެތި ތުހުމަތުތަކެއް އެޅުއްވި ބޭފުޅެކެވެ. ނަމަވެސް ޑރ.ޖަމީލަކީ މިހާރު ރައީސް ޔާމީން ޖަލުން މިނިވަންކޮށް ވެރިކަމަށް ގެނައުމަށްވެސް އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުންދާ ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ