މާލޭ ސިޓީ ކައުންސުލިން ގާއިމްކުރާ ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މާލޭ ސިޓީ ކައުންސުލިން ގާއިމްކުރާ ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Author
ހުސެއިން
27 އޭޕްރިލް 2023 07:16
0

މާލޭގައި ބުޅާ އާލާވުން ހުއްޓުވުމަށް ފެސިލިޓީއެއް ޤާއިމުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 98 ވަނަ ރަސްމީ އާންމު ޖަލްސާގައި ހާމަކޮށްފިއެވެ.

މާލޭގެ މަގުތަކުގައި ބުޅާ އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުން ތަފާތު އެތައް ބަލިތަކެއް އާންމުވަމުން ދާކަމުގެ ޝަކުވާ ރައްޔިތުން މިހާރުވެސް ކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ފާހަގަކޮށްފައި ވެއެވެ. އަދި މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން މީސްމީޑިއާގެ ޒަރިއްޔާއިންވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަންވެސް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ވަރަށް މުހިންމު ކަމެއް މިކަމަކީ ކުރަން. ވަރަށް ސިމްޕަލްކޮށް އެކަމަކުވެސް ނަތީޖާ ނެރެވޭނެގޮތަށް ޓޭބަލްކުރެވި އަންނަ ހަފުތާއަށް އިދާރީ ކަންކަން ނިންމަވައިދެއްވުމަށް އެދެން

މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވެއެވެ.

މާލެ ސިޓީ ކައުންސިލްއިން ހާމަ ކޮށްފައިވަނީ އެ ކައުންސިލްގެ އެންވަޔަރމެންޓް ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް "ކެޓް ނިއުޓާ ފެސިލިޓީ" އެއް ޤާއިމުކުރުމާ މެދު ގޮތެއް ކަނޑައެޅި އަމަލީ މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.