ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ޔޫތު މިނިސްޓްރީއާއި ބިމެއް ހަވާލު ކޮށްފި

ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ޔޫތު މިނިސްޓްރީއާއި ބިމެއް ހަވާލު ކޮށްފި

Author
ހުސެއިން
25 އޭޕްރިލް 2023 05:56
0

ހުޅުމާލޭގައި ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ހުޅުމާލެއިން އާބަންކޯއިން ޔޫތު މިނިސްޓްރީއާ ބިމެއް ހަވާލުކޮށްފިއެވެ.

އާބަންކޯއިން ބުނެފައިވަނީ، ހުޅުމާލެ އަކީ އަރބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އެކުންފުނިން ކުރަމުން އަންނަ އެއް ކަމަކީ ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި، އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައިދިނުމެވެ.

މިގޮތުގެމަތިން އެ ކުންފުނިން  ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ. އަދި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ އެމްޑީ އަހުމަދު އާތިފްއެވެ. ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ހަވާލުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 5.4 ހެކްޓަރުގެ ބިމެއްކަމުގައި އާބަންކޯއިން ހާމަކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.