ވަދެ މިއިނީ މާރީތި ގޮނޑިއެއްގަ އިށީންނާކަށް ނޫނޭ، ޚިދުމަތް ކުރުމަށް: ޝާޒު

ވަދެ މިއިނީ މާރީތި ގޮނޑިއެއްގަ އިށީންނާކަށް ނޫނޭ، ޚިދުމަތް ކުރުމަށް: ޝާޒު

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްލަން އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށާއި ބޭކާރު ވާހަކަ ދެއްކުމުގައި އެ ވަގުތުކޮޅު ބޭކާރު ނުކުރައްވާނެ ކަމަށް ކ.ގުރައިދޫ ދާއިރާގެ އާ މެމްބަރު އިބްރާހީމް ޝާޒް މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރުކަމުގެ ހުވާކުރެއްވުމަށްފަހު އިބްރާހީމް ޝާޒު ވިދާޅުވީ، މިއީ އެމްޑީޕީގެ ސިޔާސީ ޙަޔާތުގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއްކަމަށެވެ. މަޖިލީހަށް ވަދެވަޑައިގަތީ ކުރު މުއްދަތަކަށް ކަމަށާއި، އެ މުއްދަތުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކާއި، އަދި ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަން ހުރި މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށް ޝާޒު ވިދާޅުވިއެވެ.

ރައްޔިތުންނަށް، ޚާއްޞަކޮށް، ގުޅި ގުރައިދޫ މާފުށީ ރައްޔިތުންނަށް އަޅުގަނޑު ދޭން އޮތް މެސެޖަކީ އެއްގޮތަކަށްވެސް ކަންބޮޑުނުވާށޭ. އަޅުގަނޑު ވަދެ މިއީ މަޖިލީހުގަ މާ ރީތި ގޮނޑިއެއްގަ އިށީންނާކަށް ނޫނޭ. އަބަދުވެސް ދެމިހުންނާނީ އަޅުގަނޑުގެ ކެމްޕެއިންގައި ވީ ވަޢުދާ ރައްޔިތުންގެ އިހްސާސްތަކާއެކު 3 ރަށުގެރައްޔިތުންގެ ތަރައްޤީއާ އުއްމީދުތައް ޙާސިލްކުރުމަށް.

– ޝާޒު ވިދާޅުވިއެވެ.

ދާއިރާގެ މެމްބަރުންނަށް ވެސް އޭނާ މިއަދު ހާއްސަ މެސެޖެެއް ދެއްވިއެެވެ. އޭނާ އެދިވަޑައިގެންނެވީ ރައްޔިތުން ހާސް ނުވުމަށެވެ. މަޖިލީހަށް ވެދެވަޑައިގެންނެވީ މާ ރީތި ގޮނޑިއެއްގައި އިންނަވަން ނޫން ކަމަށާއި އަބަދުވެސް ދެމި ހުންނަވާނީ ކެމްޕޭނުގައި ވީ ވައުދާ އެއްގޮތަށް މަސައްކަތް ކުރެއްވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ހުންނާނީ ރައްޔިތުންގެ އިހުސާސްްތަކާ އެކު ތިން ރަށުގެ ތަރައްގީއާ އުއްމީދުތައް ހާސިލުކުރުމުގައޭ.

– ޝާޒް ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވައިކުރެއްވިޔަސް އޭނާގެ ހަޔާތުގައި މިއީ އެހާ ބޮޑު ދުވަހެއް ނޫން ކަމަށާއި މިއީ އެމްޑީޕީގެ ސިޔާސީ ހަޔާތުގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޭއްވެވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ޝާޒް ކާމިޔާބުކުރެއްވީ، ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމާއި އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފާ ވާދަކުރައްވައިގެން ކުރި ހޯއްދަވައިގެންނެވެ.

ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ އިބްރާހީމް ޝާޒަށް ވަނީ 1346 ވޯޓު ނުވަތަ ވޯޓްލީ މީހުންގެ %49.96 އިންސައްތަ ލިބިވަޑައިގެންފައެވެ. ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 1226 ވޯޓު ނުވަތަ %45.51 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ %4.53 އެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ޚިދުމަތްކުރަންއަންނަމީހަކުއެއްމެމަދުވެގެން5ގަޑިއިރުމަސައްކަތްކުރާނެ ޚިދުމަތްކުރަނއަންނަމީހާ3ގަޑިއިރުގޮނޑިހޫނުކޮށްފައެއްނުފިލާނެ3ގަޑިއިރުމަސައްކަތްކުރާއިރުސަރުކާރުންމަނިކުފާނަށްކުރާޚަރަދަށްބަލައިވިސްނާބަލަހެޔޮވިސްނުމެއްހުންނަމީހަކުތިޔަފާޑުގެބަހެއްނުވިއްކާނެ

  2. ތިޔައީދޮގެއްތިޔަގޮނޑީގައިއިންނެވީގޮނޑިރީތިވެފައިޢއްޒަތާފަޚުރާއަބުރުގެބޭނުމުގައި

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ