ފެނަކައިން ހޯޑެއްދޫއަށް 20 ޓަނުގެ ފެން ހަދިޔާކޮށްފި

ފެނަކައިން ހޯޑެއްދޫއަށް 20 ޓަނުގެ ފެން ހަދިޔާކޮށްފި

Author
އަޒްފާ ރަޝީދު
22 އޭޕްރިލް 2023 06:40
0

ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވުމާއި ގުޅިގެން ބޯފެނަށް ފެނަށް ޖެހުނު ގދ. ހޯނޑެއްދު އަށް ފެނަކައިން 20 ޓަނުގެ ފެން ފޯރުކޮށްދީފި އެވެ.

ހޯޑެއްދޫ ކައުންސިލްއިން ހާމަކޮށްފައިވާ ގޮތުގައި ފެނަކައިން ފޯރުކޮށްދީފައިވާ 20 ޓަނުގެ ފެނާއި އެކު، އެރަށްދިމާވެފައިވާ ފެނުގެ ދަތި ކަމަށް ވަގުތީ ހައްލެއް ލިބިފައިވާކަމަށެވެ.

ފެނަކައިން ހޯނޑެއްދު އަށް 20 ޓަނުގެ ފޮނުވުމުގެ ކުރިން، ކައުންސިލުން އޮތީ ފެން ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުުޅުވާލައިފަކަމަށްވެސް އެރަށު ކައުންސިލްއިން ބުނެފައިވެ އެވެ. އަދި އެގޮތަށް ވެސް ކޮންމެސް މިންވަރަކަށް ފެން ލިބިފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ.

ހޯނޑެއްދު އަށް ބޯފެނުގެ ދަތިކަން ކުރިމަތިވާން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.