ނަޝީދު ލަންކާއަށް ވަޑައިގެން، ރަނިލްއާއި ބައްދަލު ކުރައްވައިފި

ނަޝީދު ލަންކާއަށް ވަޑައިގެން، ރަނިލްއާއި ބައްދަލު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2023 02:07
0

ރައްޔިތުންގެ މަަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގެން އެޤައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ބައްދަލު ކުރައްވައިފިއެވެ.

ނަޝީދު ލަންކާއަށް ވަޑައިގެންނެވީ މިމަހުގެ 12 އިން 17 އަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް އާއި ކްލައިމެޓް ވަލްނަރަބްލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބްލް-20 ނުވަތަ ވީ-20 މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން މަގުމަތީގައެވެ.

ރައީސް ނަޝީދު ވަނީ ރަނިލްއާއި ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓުގައި އީދުގެ ތަހުނިޔާ ފޮނުވައި، މިބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށް ވިދާޅުވެފައެވެ. އެގޮތުން ވޮޝިންޓަންގައި ކުރިއަށްދިޔަ ކްލައިމެޓް ފޯރަމްގައި ކުރިއަށްދިޔަ ކަންކަމާއި ގުޅޭގޮތުން ނަޝީދު ވަނީ ރަނިލްއާއި މަޝްވަރާ ކުރައްވާފައެވެ.

ނަޝީދު ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އިންޑިއާއަށްވެސް ވަޑައިގަންނާނެކަމަށް މައުލޫމާތު ލިބެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވޮޝިންޓަނަށް ކުރެއްވި ދަތުރުފުޅުގައި އައިއެމްއެފް އާއި ވާރލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިހޮއްކޮ
ލަންކާގައި ބަރުލަމާނީ ހިންގަން އެތަނުގައި ހުންނާށެވެ. ގި ގައުމަކަށް އަންނާނެކަމެއް ނެތެވެ. ތިޔައީ މިގައުމަށް ދިމާވެފަހުރި ކެންސަރެކެވެ.