ރެޑްވޭވްގެ ފިހާރަތަކުން ވިޔަފާރި ކުރުމުން ދެމުންދާ ފޮތި ކޮތަޅަށް، އެއްވެސް ފައިސާއެއް ނުނަގާ ފޮތިކޮޅަތެއް ވިޔަފާރި ކުރާ ފަރާތްތަކަށް ދޭން ނިންމި ނިންމުމަކީ ޤާނޫނަށް ސަރުކާރުން ގެނައި ހެޔޮބަދަލުގެ ނަތީޖާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
ކޮތަޅުން ފީ ނަގަން ފެށުމުގެ ކުރިން ރެޑްވޭވް ފަދަ ބޮޑެތި ބައެއް ފިހާރަތަކުން ފޮތި ކޮތަޅު ތައާރަފު ކުރިއެވެ. ނަމަވެސް މީގެ ކުރިން ފޮތި ކޮތަޅަށް ރެޑްވޭވުން ދިޔައީ އަގެއް ނަގަމުންނެވެ.
ރެޑްވޭވުން ބުނީ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށުމުން ރެޑްވޭވްގެ ފޮތި ކޮތަޅުތަށް ޑިމާންޑް އިތުރުވެފައިވާ ކަމަށެވެ. ކުރިން ފޮތި ކޮތަޅުގެ ހަރަދު ފޫބެއްދުމަށް އެއް ރުފިޔާ ނަގައެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެ ކުންފުނިން މުދާ އުފުލަން ދޭ ކޮތަޅަށް އެއްވެސް ފައިސާއެއް ނުނަގާނެއެވެ.
މިކަމާއި ގުޅިގެން މެމްބަރު އިކްރާމް ވިދާޅުވީ ސަރުކާރުން ޤާނޫނަށް އިސްލާހު ގެނައީ ޕްލާސްޓިކާއި ދުރު ބަޔަކަށް ދިވެހި ރައްޔިތުން ހެދުމުގެ ނިޔަތުގައި ކަމަށެވެ. އަދި ޤާނޫނުން ކޮތަޅަކަށް 2 ރުފިޔާ ނެގުމަށް ބާރު އެޅުމުން ޕްލާސްޓިކް ކޮތަޅާއި ދުރުވެ ރެޑްވޭވުން ފެށިގޮތަށް ފޮތި ކޮތަޅަށް އިސްކަންދޭނެކަން ސަރުކާރަށް އެގޭކަމަށް އިކްރާމް ވިދާޅުވިއެވެ.
ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނެގުމަށް ޤާނޫނު އިސްލާހު ކުރީ ޕްލާސްޓިލް ކޮތަޅުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކުރަން ފަށާނެކަން އެނގިތިބެ. މި ފެންނަނީ އެޤާނޫނުން ގެނެވުނު ހެޔޮ ބަދަލުގެ ނަތީޖާ.
– އިކްރާމް ވިދާޅުވިއެވެ.
Plastic kothalhah 2 rufiage fee eh nagumah qaanoon islaah kuree plastic kothalhuge badhalgai thimaavettaa rahttehi kothalhu beynun kuran fashaanekan e'ngithibe. Mi fennanee egaanoonun genevunu heyo badhalge natheejaa. https://t.co/LvqVZymHNb
— Ikram Hassan MP (@ikramhassan) April 21, 2023
ރެޑްވޭވް އިން ކަސްޓަމަރުންނަށް ދެމުންދާ ފޮތި ކޮތަޅަކީ ދެވަނަ ފަހަރަށް ބޭނުން ކުރެވިގެންދާނެ ފަދަ ވަރުގަދަ ކޮތަޅެއްކަމުގައި އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ކޮތަޅު ގެނައުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމުގައިވިޔަސް މިއީ ވަރަށް ގިނަ ކަސްޓަމަރުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަކަމަށް ވުމާއިއެކު އެކުންފުނިން ނިންމާފައިވަނީ އެކަމަށް ލުޔެއް ދިނުމަށް ކަމަށްވެސް ބުންޏެވެ.
ރެޑްވޭވް އިންވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަޖުބޫރުވާ ހާލަތްތަކުގައި، ކަސްޓަމަރުންނަށް ޕްލާސްޓިކް ކޮތަޅު ދޫކުރާއިރު، މީރާގެ ގަވާއިދާއި އެއްގޮތަށް އެކުންފުނިންވެސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގާނެއެވެ.
ކޮމެންޓު ފޮނުވާ