އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނީޖަރ ގެ ވެރިރަށް ނިއާމޭއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ބައެއް މައްސަލަތަކާ ގުޅޭ ޤަރާރުތަކާއި ނިންމުންތައް ފާސްކޮށް، ކުރިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރެވެމުންދާ ގޮތާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި އޯ.އައި.ސީގެ އައު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޗާޑްގެ ކުރީގެ ޚާރިޖީ ވަޒީރު ޙިސެއިން ބްރާހިމް ތާހާ ވަނީ އިންތިޚާބުކޮށްފައެވެ. އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު، މިހާރުގެ ސެކްރެޓަރީ ޖެނެރަލް ޑރ އުތައިމީންގެ ދައުރު ހަމަވުމުންނެވެ.
The 47th Council of Foreign Ministers of @OIC_OCI, taking place at the beautiful Mahatma Gandhi International Conference Center in Niamey, at this time of crisis, it is crucial to build solidarity, togetherness and friendship to overcome the many challenges the world faces today! pic.twitter.com/RM9C2MNq1x
— Abdulla Shahid (@abdulla_shahid) November 27, 2020
ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ މުސްލިމް އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރޮހިންޔާ މުސްލިމުންނާއި، ފަލަސްތީނުގެ މުސްލިމުންނަށް ދިމާވެފައިވާ ޙާލަތުގެ އިތުރުން، ހުޅަނގު ސަހާރާގައި ހިނގަމުންދާ ކަންކަމާއި އަދި ޓެރަރިޒަމްގެ އަމަލުތަކާ އިސްލާމް ދީނާއި ދެކޮޅަށް ހިންގޭ އަމަލުތަކާ ގުޅޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި ކޮވިޑް-19ގެ މި ދަނޑިވަޅުގައި އިސްލާމީ އުއްމަތް އެއްބައިވަންތަވުމަށްވެސް މިނިސްޓަރ ގޮވާލެއްވިއެވެ.
The #OIC47CFMNiamey afforded me the opportunity to engage with a number of countries. Great to talk about enhancing relations with Minister Delegate for Foreign Affairs of #Morocco, Minister of State for Foreign Affairs of #Uganda and Ambassadors of #Mozambique and #Indonesia. pic.twitter.com/OsuXEBEDZz
— Abdulla Shahid (@abdulla_shahid) November 27, 2020
ފޮރިން މިނިސްޓަރ ޝާހިދު ވަނީ ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާ، ތުރުކީ، ޕާކިސްތާން، މޮރިޓޭނިއާ، ސެނެގާލް އަދި ދަ ގެމްބިއާގެ ޚާރިޖީ ވަޒީރުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ޔޫ.އޭ.އީ، އިންޑޮނީޝިއާ، ޔޫގަންޑާ، މޮޒަމްބީކް އަދި މޮރޮކޯއިން މި ބައްދަލުވުމަށް ވަޑައިގެންނެވި ވަފުދުތަކުގެ އިސްވެރިންނާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.
މި ދަތުރުފުޅުގައި ރިޔާޟްގައި ޓްރާންސިޓް ކުރެއްވިއިރު ސަޢޫދީ ޢަރަބިއްޔާގެ އިސް ބައެއް ބޭފުޅުންނާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އެގޮތުން ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢޫދު އާއި ސަޢޫދީގެ ޓޫރިޒަމް މިނިސްޓަރ އަދި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗެއަރމަން އަޙްމަދު އާޤިލް އަލް-ޚަޠީބް އާއި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ. މުޙައްމަދު އަލްޢީސާ އާ މިނިސްޓަރ ބައްދަލުކުރެއްވިއެވެ. ނީޖަރ އަށް ވަޑައިގެންނެވި ދަތުރުފުޅުގައި ސަޢޫދީގައި ޓްރާންސިޓްކުރެއްވުމަށްފަހު މިނިސްޓަރ ނީޖަރއަށް ދަތުރުފުޅުކުރެއްވީ ސަޢޫދީ ޚާރިޖީ ވަޒީރުގެ އަރިހުގައެވެ.
Honoured to discuss ??-?? relations in-depth, with FM HRH @FaisalbinFarhan. Am fully confident that the brotherly bond between #Maldives & #SaudiArabia will grow exponentially stronger as we pursue more development projects & explore further areas for collaboration. @KSAmofaEN pic.twitter.com/h17AmYCSfk
— Abdulla Shahid (@abdulla_shahid) November 29, 2020
މި ބައްދަލުކުރެއްވުންތަކުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ އަދި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ބެހޭ މައުލޫމާތު ސައޫދީ ސަރުކާރަށް މިނިސްޓަރ ޝާހިދު އެރުވިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ޚަލީލް އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ އަހުމަދު ސަލްމާން ޒަކީއެވެ.
Had a productive meeting with HE Ahmed Aqeel Al-Khateeb, Minister at @Saudi_MT & Chairman of Board of Directors of @SaudiFund_Dev. Discussed ongoing landmark projects in the Maldives & explored ways of further intensifying existing ties & future of our development cooperation. pic.twitter.com/QtTZ4yZLfb
— Abdulla Shahid (@abdulla_shahid) November 29, 2020
މުސްލިމް އާބާދީ ބޮޑު 57 ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.
ކޮމެންޓު ފޮނުވާ