އެމްޕީއެލްގެ ޗެއާމަންގެ މަޤާމުން ނަޒާކީ ޒަކީ އިސްތިއުފާ ދެއްވައިފި

އެމްޕީއެލްގެ ޗެއާމަންގެ މަޤާމުން ނަޒާކީ ޒަކީ އިސްތިއުފާ ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2020 09:35
0

މޯލްޑިވްސް ޕޯޓްސް ލިިމިޓެޑުގެ ޗެއާމަންގެ މަޤާމުން މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފިއެވެ.

ނަޒާކީ ޒަކީ އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިސްތިއުފާގެ ކުރުސިޓީގައި ބުނެފައިވަނީ އޭނާއަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތުގައި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.

ޒަކީ އިސްތިއުފާ ދެއްވާފައިވާއިރު އޭނާވަނީ މޯލްޑިވްސް ޕޯޓްސް ލިިމިޓެޑުގައި ހިންގާފައިވާ 8 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައެއް ދާދިފަހުން ފަޅާއަރުވާލާފައެވެ. ޒަކީ ވިދާޅުވެފައިވަނީ އެމްޕީއެލްއަށް ބޭނުންވާ ތެލުގެ ވިޔަފާރިން ހިޔާނާތް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ސަސްޕެންޑު ކުރުމުގައި ނާކާމިޔާބު ވުމުން، އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

ޒަކީގެ މިތުހުމަތާއި ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ހިޔާނާތުގެ އަމަލު ހިންގާފައި ވަނީ ލޮކްޑައުން ތެރޭގައި ކަމަށެވެ. އެތެރޭގެ އޮޑިޓުން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން، އެ މައްސަލަ މިހާރު ވަނީ އޭސީސީ އާއި ފުލުހުންގެ އިތުރުން އޮޑިޓަ ޖެނެރަލް އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.