ހައްޖަށް ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކަށް

ހައްޖަށް ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކަށް

ގުޅުންހުރި

ރާއްޖެއިން މި އަހަރު ހައްޖަށް ގެންދަން ހުޅުވާލުމުން ކުންފުނިތަކުން ފުރަތަމަ ހުށަހެޅި އަގުތައް ބޮޑުކަމުން ބީލަން ބާތިލްކޮށް އަގު ކޮންޓްރޯލްކޮށްގެން ތިން ކުންފުންޏަކަށް ހުއްދަދީފިއެވެ.

ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށެވެ. ހައްޖަށް މީހުން ގެންދިއުމަށް ހުއްދަދެވޭނީ ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. އެގޮތުން ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހައްޖަށް ގެންދިއުމުގެ އަގު އުޅެނީ އެވްރެޖްކޮށް 75،238 ރުފިޔާގައެވެ.

ހުއްދަ ދިން ކުންފުނިތަކާއި އަގުތައް:

– އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – 75،250ރ.
– ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް – 75،465ރ.
– އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް – 75،000ރ.

މި ކުންފުނިތަކަށް ހުއްދަ ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރަށް ހުއްދަދޫކުރި މި ކުންފުނިތަކުން އަމަލުކުރަން ޖެހޭ އުސޫލްތަކެއް އެބަހުއްޓެވެ. ހުއްދަދީފައިވާ އަގަށް ވުރެން އިތުރަށް ފައިސާ ނެގުމާއި ކުންފުނިތަކަށް ފައިސާ ދެއްކުމާއި ހުއްދަ ދީފައިވާ ކޯޓާއަށް ވުރެން އިތުރަށް މީހުން ގެންދަން ފައިސާ ނެގުމަކީ ވެސް މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެެވެ.

ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ކޮންމެ އަހަރަކުވެސް 1000 ކޯޓާ ސައުދީން އަންނަނީ ދެމުންނެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ރާއްޖެއަށް ވަނީ 2000 ކޯޓާވެސް ލިބިފައެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި 1000 ކޯޓާ ލިބިފައިމިވަނީ 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ކޯވިޑް 19 އާ ގުޅިގެން 2021 ވަނަ އަހަރު ހައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައެއް ނުވެއެވެ. އެއަށް ފަހު 2022 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 453 ފުރުޞަތެވެ. މިފުރުޞަތުގައި ހައްޖަށް މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުން އެކަންޏެވެ.

މިފަހަރު ރާއްޖެއަށް 1000 ކޯޓާ މިހާތަނަށް ލިބިފައި އޮތްނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި ކޯޓާ 2500 އަށް އިތުރުކުރުމަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު އަލީ ވިދަޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން ހައްޖަށްދާ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ