ޝާޒް, މެމްބަރުކަމުގެ ހުވާކުރުން ހޯމަ ދުވަހު

ޝާޒް, މެމްބަރުކަމުގެ ހުވާކުރުން ހޯމަ ދުވަހު

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިބްރާހީމް ޝާޒް، މެންބަރުކަމުގެ ހުވައި އަންނަ ހޯމަ ދުވަހު ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމް އާއި، އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފާ ވާދަކުރައްވައިގެންނެވެ.

ދާއިމީ ނަތީޖާގައިވާ ގޮތުން ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒަށް ވަނީ 1346 ވޯޓު ނުވަތަ ވޯޓްލީ މީހުންގެ %49.96 އިންސައްތަ ހޯއްދަވާފައެވެ. ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 1226 ވޯޓު ނުވަތަ %45.51 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ %4.53 އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވައި ޝާޒް ކުރައްވާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00ގައިކަމަށެވެ. އަދި އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒް ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަވައިފައި ވަނީ އެދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީމަހު އަވަހާރަވުމާ ގުޅިގެންނެވެ. އަދި މިއީ އެމްޑީޕީން މިގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ