އަންނަ ރިޔާސީ އިންތިޚާބާމެދު ޢާންމުންގެ ޚިޔާލު ހުރިގޮތެއް ބެލުމަށް، ކޮމިއުނިޓީ އެޑިއުކޭޓަރެއްކަމަށްވާ އުސްތާޒް އަހުމަދު ޒަކީ ކުރި ސަރވޭއަށްފަހު ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ވަންނަ މީހުންގެ ޢަދަދު އިތުވެފައިވާކަމށް ޤާސިމް އިބްރާހީމްގެ އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ރިޔާޒް ރަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ޒަކީގެ ސަރވޭގެ ނަތީޖާއަށްފަހު ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ބަދަލުތައް އަންނަމުންދާކަމަށެވެ. އެއީ ގިނަބަޔަކު ޤަބޫކުރާ ސަރވޭއެއްކަމަށް ބެލެވޭކަމުގައެވެ. ޤައުމުގެ ހަމަޖެހުމާއި ކުރިއެރުން އޮތީ ޤާސިމާއެކުކަމަށް ވިދާޅުވެ ރިޔާޒް ރަޝީދު ވަނީ ޒަކީގެ ސަރވޭއާމެދު ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ. އޭނާ މިހެން ވިދާޅުވިއިރު، ޒަކީގެ ސަރވޭއިން ކުރިހޯދީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއެވެ. ޖޭޕީ ދިޔައީ ދެވަނައަަށެވެ.
ޑރ ޒަކީގެ ސާވޭގެ ނަތީޖާއަށް ފަހު ރައްޔިތުންގެ ވިސްނުމާއި ފިކުރު އަންނަނީ ބޮޱުތަނުން ބަދަލުވަމުން އެސާވޭ ގިނަބަޔަގަބޫލުކުރޭ ! އެނަތީޖާއާއި އެކު ގިނަބަޔަކު އަންނަނީ ޖޭޕީއާއި ގުޅެމުން ! ހަމަޖެހުން# އޮނަރަބަލް ޤާސިމު އިބުރާހިމް އާއިއެކު ! @qasimibrahim @JPSecretariat https://t.co/uKajW3DEgT pic.twitter.com/v91fEDpEcC
— Riyaz Rasheed (@riyaz_rasheed) April 17, 2023
ޒަކީ ކުރިއަށް ގެންދިޔަ ސާވޭގެ ނަތީޖާއަކީ %39.40 މީހުން ތާޢީދުކުރަނީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވާނެކަމަށެވެ. ޖޭޕީއަށް ލިބުނީ %33.90އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ނުވަތަ އިދިކޮޅު ފަރާތްތައް ހޮވިދާނެ ކަމަށް ދެކެނީ މިސަރވޭއިން ދައްކާގޮތުން %1.40 މީހުންނެވެ.
ކޮމެންޓު ފޮނުވާ