ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ބައިބަލާ މުބާރާތުގެ އޮފިޝަލް ޕާޓްނަރަކަށް އަރބަންކޯއިން ސޮއިކޮށްފިއެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާތިރު އަބްދުއްރަހުމާނެވެ. އަދި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު މިފަހަރު ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ޖުމްލަ 35 ޓީމަކުން ބައިވެރިވާ މި ބައިބަލާ ޗެލެންޖު ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.
މިއީ މި މުބާރާތް ހުޅުމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަރބަން ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަމުން އަންނަ އިރު އަރބަންކޯއިން މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގައި ކުޅޭ މިފަދަ ހުރިހާ ކުޅިވަރަކަށް ވެސް ފުރުސަތު ލިބޭނެ ތަނަކަށް ހުޅުމާލެ ހެދުމަށްކަމަށް އެ ކޯޕަރޭޝަންއިން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ