މިއީ އާދަޔާ ޚިލާފަށް ހޫނު ދުވަސްވަރަަކަށް ވާތީ ކަރަންޓު އިގްތިސާދުކުރުމަށް އިލްތިމާސް ކޮށްފި

މިއީ އާދަޔާ ޚިލާފަށް ހޫނު ދުވަސްވަރަަކަށް ވާތީ ކަރަންޓު އިގްތިސާދުކުރުމަށް އިލްތިމާސް ކޮށްފި

Author
ހުސެއިން
18 އޭޕްރިލް 2023 08:00
0

މި ދުވަސްވަރަކީ އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްވަރަކަށް ވާތީ، ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ ކަރަންޓު އިގްތިސާދުކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ.

ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެޕްރިލްމަސް އަދި މެއިމަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމުގައި ކަމާބެހޭ އިދާރާތަކުން ލަފާކޮށްފައިވާކަމުގައެވެ.

އަދި މި ދުވަސްތައް ރޯދަމަހާއި ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވެފައިވާތީއާއި، ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެހެން ދުވަސްވަރުތަކާއި ޚިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑު ވަގުތުތަކުގައިވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

އެހެންކަމުން ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް ސްޓެލްކޯއިން އެދިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.