އިންޑިއާގައި ސީޕްލޭން ހިދުމަތް ފަށައިދިނުމަށްފަހު މޯލްޑިވިއަންގެ ސީޕްލޭނާއި ކްރޫ އަނބުރާ ރާއްޖެއަށް!

އިންޑިއާގައި ސީޕްލޭން ހިދުމަތް ފަށައިދިނުމަށްފަހު މޯލްޑިވިއަންގެ ސީޕްލޭނާއި ކްރޫ އަނބުރާ ރާއްޖެއަށް!

އިންޑިއާގައި ސީޕްލޭން ހިދުމަތް ފެށުމަށް އެގައުމުގެ ސްޕައިސް ޖެޓުން ޗާޓަރކުރި މޯލްޑިވިއަންގެ ސީޕްލޭނާއި ކްރޫ އަނބުރާ ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގައި ރަސްމީކޮށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ސްޕައިސް ޖެޓުން ޗާޓަރކޮށްގެން މި ބޯޓު އިންޑިއާއަށް ގެންދިޔައީ އޮކްޓޫބަރު މަހުގެ 25 ވަނަދުވަހުއެވެ. ބޯޓާއި ކްރޫ އެނބުރި މާލެ އައުމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ މިއަދު ވަނީ ކްރޫއާއި ބައްދަލުކުރައްވާ މަރުހަބާ ދަންނަވާފައެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ޚަބަރު އޮންލައިނަށް ވިދާޅުވީ، ފަލައިޓް އިންޑިއާއަށް ގެންދިޔައީ ސްޕައިސް ޖެޓުން ޗާޓަރ ކޮށްގެން ކަމަށާއި ޗާޓަރކުރި މުއްދަތު ހަމަވުމުން އަނބުރާ އައީކަމަށެވެ. އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދޭއިރު، އަދި އިތުރަށް އެގައުމުން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރކުރަން ބޭނުން ވިޔަސް އެކަން އެކުންފުނިން ކޮށްދޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އިންޑިއާގައި ރަސްމީކޮށް ސީޕްލޭންގެ ހިދުމަތް ފަށްޓަވައި ދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އަދި މި ހިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން، ދުނިޔޭގެ އެންމެ ސެކިއުރިޓީ ހައި ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މޯދީ ވަނީ މޯލްޑިވިއަންގެ ދިވެހި ކްރޫއާއިއެކު ކެވަޑިއާއިން ގުޖުރާތު ސްޓޭޓުގެ އަހްމަދުއާބާދުގެ ސަބަރުމަތީ ކޯރަށް ދަތުރުފުޅު ކުރައްވާފަ އެވެ.

ދެ ގައުމުން އެކުގައި މި ކުރެވުނު މަސައްކަތާ ގުޅޭގޮތުން ގައުމީ އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ ރިޒްވީ ކުރިން ވިދާޅުވީ، ރާއްޖޭގެ އެހީތެރިކަމާއެކު އަވަށްޓެރި އިންޑިއާގެ ފުރަތަމަ ސީޕްލޭން މަޝްރޫއު ފެށުމަށް އެހީވުމަކީ ރާއްޖެއަށް ލބުނު އެކްސްޕޯޝާއެއް ކަމަށެވެ. އަދި އިންޑިއާގެ ސީޕްލޭން ޙިދުމަތް ފެށުމަށް މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާޓަރކޮށްގެން ގެންދިއުމަކީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމް ރަމްޒުކޮށްދޭ ކަމެއްކަން ރިޒްވީ ވަނީ ފާހަގަކުރައްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *