އެމްޑީޕީގެ ކުރީގެ ކައުންސިލަރު އައިމަން އެމްޑީޕީން ވަކިވެ، ޖޭޕީއަށް

އެމްޑީޕީގެ ކުރީގެ ކައުންސިލަރު އައިމަން އެމްޑީޕީން ވަކިވެ، ޖޭޕީއަށް

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2023 02:23
0

އެމްޑީޕީގެ ސްލޮޓްގައި މާލެ ސިޓީ ކައުންސިލު މެމްބަރުކަން ކުރެއްވި އައިމަން އިސްމާއިލް އެމްޑީޕީން ވަކިވެ ޖުމްހޫރީ ޕާޓީއާއި ގުޅިއްޖެއެވެ.

އައިމަންއަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެޕާޓީގެ ޓިކެޓްގައި މާފަންނު ދެކުނު ދާއިރާގެ މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަން 2011 އިން 2014 އަށް ވަނީ ކޮށްފައެވެ. އޭނާއަކީ އެމްޑީޕީއަށް ވެރިކަން ހޯދުމަށް ހިންގުނު ހަރަކާތްތަކުގައި މަގުމަތީގައިވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އައިމަން ޖޭޕީއާއި ގުޅުމަށްފަހު ފޯމު ހަވާލު ކުރެއްވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާއެވެ. މިފަހުން ޖޭޕީއާއި ގުޅޭ މެމްބަރުންގެ އަދަދުދަނީ އިތުރު ވަމުންނެވެ. ޚާއްސަކޮށް އެޕާޓީން ވެރިކަމަށް ކުރިމަތިލާނެކަން އިއުލާންކުރި ހިސާބުން އެޕާޓީންދަނީ މެމްބަރުން އިތުރު ކުރުމުގެ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރަނީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމެވެ. އިންތިޚާބަށް ވަމުންދާ ތައްޔާރީގެ އެންމެ މުހިންމު އެއްމަސައްކަތަކީ 87 އިދާރީ ދާއިރާއަށް ރައީސުން ހޮވަން ނިންމި ނިންމުމެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ދާއިރާތަކުގެ ރައީސުންނަށް ވާން ބޭނުންވާ ފަރާތްތަކަށް 50 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެއެވެ.

ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ކުރިމަތިލާން އެދޭ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.