ވެސްޓްހަމް އަތުން އެއްވަރުވެ، އާސެނަލްއަށް ޕްރެޝަރަށް

ވެސްޓްހަމް އަތުން އެއްވަރުވެ، އާސެނަލްއަށް ޕްރެޝަރަށް

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ވެސްޓް ހޭމް ޔުނައިޓެޑް އިން ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، ލީގުގެ ރޭހުގައި އާސެނަލް ޕްރެޝަރު ހާލަތަކަށް ވައްޓާލައިފިއެވެ.

އާސެނަލްއަށް މާޔޫސްކަަން ކުރިމަތިވީ, ޗެމްޕިއަން، ސިޓީން ރަނގަޅު ފޯމެއްގައި ވަނިކޮށް ލީޑް ފުޅާކުރަން ލިބުނު ފުރުސަތުގައި ދެ ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް، ގެއްލުމުންނެވެ. އާސެނަލްއަށް ދެ ލަނޑުގެ ލީޑް ހޯދައިދިނީ ޖިސޫސްއާއި, އޮޑެގާޑް ޖެހި ލަނޑުންނެވެ. އާސެނަލްއިން ދެ ލަނޑު ޖެހީ ތިން މިނިޓްގެ ތެރޭގައެވެ. އެކަމަކު އެ ލީޑާއެކު އިތުބާރެއް ނުދެމެހެއްޓުނެވެ.

ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ވެސްޓް ހޭމްއިން ފުރަތަމަ ލަނޑު ޖެހީ ބެންރަހުމާއެވެ. ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގެ ކުރީކޮޅު ބޮވެންއެވެ. މެޗުން މޮޅުވެގެން ހަ ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު އާސެނަލްއަށް އޮތެވެ. އެކަމަކު މިހާރު އާސެނަލް އަތުގައި ހަތަރު ޕޮއިންޓްގެ ލީޑެއް އޮތީ މެޗެއް އިތުރަށް ކުޅެގެންނެވެ. އެހެންކަމުން މެޗު ހަމަކުރާއިރު ފަރަގު ޕޮއިންޓަކަށް ކުޑަވުމުގެ ފުރުސަތު އެބައޮތެވެ. އަދި ކުރިއަށް، ސިޓީއަށް އާސެނަލް މެޗު އޮތުމުން އަމިއްލަ ބާރުގައި ލީގު ދިފާއުކުރުމުގެ ފަހި ފުރުސަތެއް ސިޓީއަށް މިހާރު އެބައޮތެވެ. ދެޓީމްގެ ފޯމަށް ބަލާއިރުވެސް އެޑްވާންޓޭޖް ބޮޑީ ސިޓީއަށެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ދެ ގޯލު ޖެހުމާ ހަމައިން މެޗު ނިމުނީ ކަމަށް ބަލައިގެން ތިބުމުގެ ގޯސް ޖެހިޖެހިގެން ދެ ހަފްތާގައި އާސެނަލް އަށް ހެދިފައިވާ ކަމަށެވެ. އަދި މި ލެވަލްގައި ފުޓްބޯޅަ ކުޅޭނަމަ މުޅި މެޗަށް ސަމާލުވެގެން ކުޅެން ޖެހޭނެ ކަމަށް އާޓެޓާ ވަނީ ބުނެފައެވެ.

މިނަތީޖާއާއި އެކީ ރޭގެ މެޗު ނިމިގެން ގޮސްފައިވާއިރު، މިވަގުތު އާސެނަލް އޮތީ 74 ޕޮއިންޓާއި އެކީ ތާވަލުގެ އެއްވަނައިގައެވެ. އަދި ވެސްޓް ހަމް އޮތީ 31 ޕޮއިންޓާއި އެކީ ތާވަލުގެ 15 ވަނައިގައެވެ. އާސެނަލް މި މެޗުން އެއްވަރު ވެފައިވާއިރު، މިވަގުތު އާސެނަލްއާއި އެންމެ ގާތުން ދެވަނައިގައި އޮތީ 70 ޕޮއިންޓާއި އެކީ މެންޗެސްޓަރ ސިޓީއެވެ. ސިޓީން ދެން އޮންނަ މެޗަކުން މޮޅުވެއްޖެނަމަ، އެފަރަގު އެންމެ ޕޮއިންޓަކަށް ކައިރި ކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ