މިއަދު ރާއްޖޭގެ އަލީ އަޝްފާޤު (ދަނގަޑޭ) އަށް ލިބުނު ކާމިޔާބީއާއިއެކު ހާމެވެގެން ގޮސްފައިވަނީ މުޅި އޭޝިގައިވެސް އޮތީ އަޝްފާގުގެ ވައަތު ފައި ކަމުގައި މަޝްހޫރު ކޮމީޑިއަން އަހުމަދު ޝާޒު (ތަޖޫ) ބުނެފިއެެވެ.
އޭފްސީ ބްރެކެޓް ޗެލެންޖަކީ، އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިއަށްދާ ޗެނެލްޖެކެވެ. އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ. މިމެޗްގައި އަޝްފާޤު ވަނީ 5 ގޯލް ޖަހާފައެވެ. މި މެޗުގައި އަޝްފާޤުގެ ހުނަރުވެރި ޖާދޫ، ފެނިފައި ކޮމަންޓޭޓަރާއި، ދަނޑަށްވަދެ ތިބި އެތައް ސަޕޯޓަރުންގެ ސަމާލުކަންވެސް އަޝްފާޤަށް ހުއްޓިގެން ދިޔައެވެ.
އަޝްފާޤަށް މިއަދު ލިބުނު ކާމިޔާބީއާއި ގުޅިގެން މަރުހާ ކިޔައި ތަޖޫ ބުނެފައިވަނީ އަޝްގާޤަކީ އޭޝިޔާ ފުޓުބޯޅައިގެ ރަސްގެފާނުކަމަށެވެ. މިއަދުމިފަސް ގަނޑުން އަޝްފާޤަށް ޤައުމީ ބަލަތެއްގެ ދަރަޖައާއި ޝަރަފް ހައްޤުވާކަމަށް ތަޖޫވަނީ ބުނެފައެވެ. އަޝްފާގު މިއަދު ހޯދި ބޮޑު ކާމިޔާބީއާއިއެކު ސޯޝަލް މީޑީޔާއާގައި އެތައް ހާސްބަޔަކު ދަނީ އަޝްފާޤަށް މަރުހަބާ ކިޔަމުންނެވެ. އަދި މިއީ ޤައުމީ ކާމިޔާބީއެއްކަމަށާއި، މިއީ ދިވެހިންނަށް ލިބުނު ބޮޑު ފަޚުރެއްކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.
Mulhi Asia gai Ali Ashfaq (Dhagandey)♥️ ge va athu fai?️mi ee Asia futu boalhaige rasgefaanu?️ Dhivehin mi Dhivehi dhari dheke loabin maruvanee♥️ Gaumee batholehge dharaja aai sharafu?️ Dhagey ah haqqu nuveytho? pic.twitter.com/Uykz4azWcX
— Ahmed Shaz (Thajoo) (@shaazthajoo) November 29, 2020
މިކާމިޔާބީއާއިއެކުު އަޝްފާޤު ބުނެފައިވަނީ ދިވެހިން މިއަދު ހާމަކޮށްދިނީ އާބާދީގެ ގޮތުން ބޮޑެތި ޤައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ނުޖެހޭނެ ބައެއްކަމަށެވެ. އަޝްފާޤު މިޗެލެންޖު ކާމިޔާބު ކޮށްފައިވަނީ އޭނާއާއި ވާދަކުރި ޗަން ސިއު ކީގެ މައްޗަށް ތަފާތުބޮޑުކޮށް ވޯޓު ހޯދައިގެންނެވެ. އަޝްފާޤަށް 89.14 އިންސައްތަ ވޯޓު ލިބިފައިވާއިރު، އޭނާއާއި ވާދަކުރި ޗަން ސިއު ކީ އަށް ލިބިފައިވަނީ 10.86 އިންސައްތަ ވޯޓެެވެ.