މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ އާންމުކޮށް، އެތަކެތި ލިބެންޖެހޭކަމަށްބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ދައްކަވާ ވާހަތަކަށް ޝެއިޚު އަލީ ޒައިދު ރައްދު ދެއްވައިފިއެވެ.
ޝައިޚު ޒައިދު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރާ އާންމުކޮށް ވިއްކައި އޭގެ ވިޔަފާރި ކުރުމަކަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަމަށެވެ. މީހުން އުޅޭ ރަށްރަށުގައި ރާ ވިއްކުމަށް އެޅޭ އެމްޑީޕީގެ ބައެއް މެމްބަރުން އެކަން ނުކުރެވިގެން އުޅެނީ ކޮން މަގުސަދެއްގައި ކަމެއް ނޭގޭކަމުގައި ޒައިދު ވިދާޅުވިއެވެ.
MDP baeh menbarun raley kiyaigen moyafulhu vanee thoa? Meehun dhiriulhey rah rashugai Raleh nuvikkeyne insha Allah! Las Vegas ah mi Raajje hadhan ulheyne kameh neh! Thiyakameh nuvaane insha Allah! Rayyithun efurusateh nudheyne! Kalaku vaakan handhaan koh biruvethi vumah govaalan!
— Ali Zaid (@alizaid1000) November 29, 2020
މީހުން ދިރިއުޅޭ ރަށްރަށުގައި ރާ އާންމު ކުރުމާއި ގުޅޭ ވާހަކަތަކެއް މިއަދުގެ މަޖިލީހުގައިވެސް ވަނީ އެމްޑީޕީ މެމްބަރކު ވަނީ ދައްކާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ޓުވަރިޒަމްވެސް މިއަދު ފުޅާކުރެވި ހިންގަމުންދާކަމަށެވެ. ފުރަތަމަ ޓުވަރިޒަމް ތަޢާރަފް ކުރަން އުޅުނުއިރު މީހުން ދެކުނީ އާންމުން ދިރިއުޅޭ ރަށްތަކުގައިން ޓުވަރިޒަމް ހުޅުވާލުމުން ރައްޔިތުން ކާފަރު ވެދާނެކަމަށެވެ.
ނަމަވެސް މިއީ މުސްލިމު ޤައުމަކަށް ވުމުން އެކަން އެހެން ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ރަށްރަށުގައި ރާވިއްކޭނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށެވެ. އެކަން ކުރަންޖެހެނީ ރާއްޖޭގެ އާމްދަނީ އިތުރުކޮށް ޤައުމުގެ ކުރިއެރުމަށްޓަކައި ކަމަށް މެމްބަރު ޝަހީމް ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ރަށްރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ދެއްކެވި ވާހަކަތަކަށް އޭނާ ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވެފައިވަނީ އެފަދަ ވާހަކަ ދެއްކެވީ އެއްވެސް ހާލެއްގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ކުރުމަށް ދެއްކެވި ވާހަކަތެއް ނޫންކަމަށާއި، އެވާހަތަކުން ނުބައި މާނައެއް ނެގޭނަމަ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކުމާއި ގުޅޭގޮތުން މެމްބަރުން ދައްކަވާ ވާހަތަކަށް ގިނަ ދީނީ އިލްމުވެރިންނާއި، ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި މިއީ ރާއްޖޭގެ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަކަށްވާއިރު އެކަން ހުއްދަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ