ކޯވިޑް19 މައިންގެ ގައިން ބަޑުގައި އޮންނަ ދަރިފުޅަށް ވާސިލް ވުމަކީ ވަރަށް ނާދިރު ކަމެއް

ވިހެއި ދަރިފުޅުގެ ގައިން ކޯވިޑް19 ބައްޔާ ދެކޮޅަށް ހަގުމާމަ ކުރާ އެންޓި ބޮޑީ ފެނިއްޖެ

ވިހެއި ދަރިފުޅުގެ ގައިން ކޯވިޑް19 ބައްޔާ ދެކޮޅަށް ހަގުމާމަ ކުރާ އެންޓި ބޮޑީ ފެނިއްޖެ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ސިންގަޕޫރުގައި، ދަރިފުޅަށް ބަލިވެ އިންދާ ކޯވިޑް19 އަށް ޕޮޒިޓިވްވި އަންހެނަކު ވިހެއި ދަރިފުޅުގެ ލެއިން، ކޯވިޑް19 އާއި ދެކޮޅަށް ހަށިގަޑުގައި ހަގުރާމަކުރާ އެންޓިބޮޑީތައް ފެނިއްޖެއެވެ.

އަލަށް ވިހެއި ކުއްޖެއްގެ ގައިން ބައްޔާ ދެކޮޅަށް ހަގުރާމަ ކުރާ އެންޑިބޮޑީ ފެނުމާއެކު، މި ބަލީގެ ހަގީގަތް ދެނެގަންނަން މަސައްކަތް ކުރަމުންދާ ސައިންސްވެރިންނަށް، މިބަލި މަންމަގެ ގައިން ބަނޑުގައި އޮންނަށް ދަރިފުޅުގެ ގަޔަށް ވާސިލް ވެވިދާނެކަމާމެދު އުފެދިފައިވާ ސުވާލުތަަކަށް ޖަވާބު ހޯދުމުގައި އިތުރު މަގުތަކެއް ފެނިގެން ދާނެއެވެ.

ސިންގަޕޫރުގެ ނޫހެއް ކަމުގައިވާ، ދަ ސްޓްރެއިޓް ޓައިމްސްއިން ދަރިފުޅުގެ މަންމައާއި ހަވާލާދީ ހާމަ ކޮށްފައިވާ ގޮތުގައި، ކޯވިޑް19 އަށް ޕޮޒިޓިވް ވެފައި ވަނިކޮށް މާބަޑުވި ނަމަވެސް، ވިހެއި ދަރިފުޅު ވަނީ ކޯވިޑް19 އަށް ނެގެޓިވް ވެފައެވެ. އަދި ކުރި ތަހުލީލުތަކުން ދައްކާ ގޮތުގައި، ދަރިފުޅުގެ ލެއިން ވަނީ، ބައްޔާ ދެކޮޅަށް ހަގުރާމަ ކުރާ އެންޓި ބޮޑީތައް ފެނިަފައެވެ.

"އަހަރެންގެ ޑޮކްޑަރު ގަބޫލު ކުރާގޮތުގައި، މާބަޑުވެ އިންއިރު، އަހަރެންގެ ގައިން ދަރިފުޅުގެ ގަޔަށްވަނީ، ބައްޔާއި ދެކޮޅަށް ހަގުރާމަކުރާ އެންޓިބޮޑީތައް ދަތުރު ކޮށްފަ،" ސެލިން ނަންގ ޗަން، ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ބަލިވެ އިންދާ، ކޯވިޑ19ް ބަލީގައި ނާންގ ޗަންގ ކުޑަކޮށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރިއެވެ. އެހެންނަމަވެސް، ބަލިން ރަގަޅު ވުމާއެކު، ދެހަފްތާއަށްފަހު ވަނީ ހޮސްޕިޓަކުން ދޫކޮށްލާފައެވެ.

ނާންގ ޗަންގއަށް ވިހެއި ހޮސްޕިޓަލް ކަމަށްވާ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރސިޓީ ހޮސްޕިޓަލުން އަދި މިޚަބަރާ ގުޅުގެން އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި، މާބަނޑުވެ އިންދާ ކޯވިޑް19 އަށް ޕޮޒިޓިވްވާ އަންހެން މީހާގެ ގައިން ބަޑުގައި އޮންނަ ދަރިފުޅަށް ނުވަތަ، ވިހެއުމުގެ ތެރޭގައި، ވައިރަސް ވާސިލްވާ ކަމުގެ ފުރިހަމަ ހެކި އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި މިހާތަނަށް އައިއިރު، ބަޑުގައި އޮންނަ ދަރިފުޅުގެ ވަށައިގެން ހުންނަ ފެނުގެ ފަށަލައިގައާއި އަދި މައިމީހާ ގާތުންދޭ ކިރުގައި ކޯވިޑް ވައިރަސް އަށަގަންނަ ކަމަށް ދައްކާފައެއް ނުވެއެވެ.

"އެމާޖިން އިންފެކްޝަސް ޑިސީސް" ނަމަކަށް ކިޔާ ޖާނަލްއެއްގައި ޝާއިއު ކޮށްފައިވާ އާޓިކަލްއެއްގައި ޗައިނާގެ ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މައިންނަށް ލިބޭ ދަރިންގެ ލެއިންވަނީ ކޯވިޑް19 އާއި ދެކޮޅަށް ހަށިގަޑުގައި ހަގުރާމަ ކުރާ އެންޓި ބޮޑީތައް ފެނިފައެވެ. އަދި މިގޮތަށް ފެންނަ އެންޓި ބޮޑީގެ އަދަދު ދުވަހެއް ދުވަހަކަށް ދަށަށް ދާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް މި ޖާނަލްގައި ލިޔެފައި ވެއެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މައިންގެ ކިބައިން ބަޑުގައި އޮންނަ ދަރިފުޅަށް ކޮރޯނާ ވައިރަސް ވާސިލް ވުމަކީ ވަރަށް ނާދިރު ކަމެކެވެ.

އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީއިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އައިއިރު ސިންގަޕޫރުގައި 58،000 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މުޅި ދުނިޔެއިން 62.2 މިލިއަން މީހުންނަށް ބަލި ޖެހިފައިވާއިރު، 1.45 މިލިއަން މީހުންވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.