މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 6 ލައްކައާއި ގާތަށް ހިގައްޖެއެވެ.
ޓުއަރޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 592،605 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ. މިއީ ފާއިތުވެދިޔަ އަަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެވެ. ފާއިތުވެދިޔަ އަަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 493،878 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ކޮންމެ ދުވަހަކުވެސް އެވްރެޖްކޮށް ރާއްޖެއަށް 5،810 ފަތުރުވެރިން ޒިޔާރަތް ކުރަމުންދާއިރު، ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަސް ރާއްޖޭގައި ހޭދަކުރަމުން ދެއެވެ.
މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 241،369 ފަތުރުވެރިން މިހާތަނަށް ޒިޔާރަތް ކޮށްފައިވާއިރު، މި ލިސްޓުގެ ދެވަނާގައި އޮތް ރަޝިއާއިން މިހާތަނަށް ޒިޔާރަތް ކޮށްފައިވަނީ 201،957 ފަތުރުވެރިންނެވެ. އަދި ލިސްޓޓުގެ ތިންވަނާގައި އޮތް އިނގިރޭސިވިލާތުން 179،312 ފަތުރުވެރިން މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.
މިގައުމުތަކުގެ އިތުރުން ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުންދަނީ، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ސައުތު ކޮރެއާ އަދި ސުވިޒަލޭންޑުންނެވެ.
ރާއްޖޭގައި މިހާރު ޖުމްލަ 170 ރިސޯޓާއި، 896 ގެސްޓު ހައުސްއާއި، 153 ސަފާރީއާއި، 13 ހޮޓެލް އެބަހުއްޓެވެ. މިހުރިހާ ފެސިލިޓީއެއްގައި ހުރި އެނދުތަކުގެ ޖުމްލަ އަދަދަކީ 61،406 އެވެ.
One Response
ހިސާބު ދިމަލެއް ނޫން