އދ. ފެންފުށީގައި ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، އދ. ފެންފުށީގައި ކުޑަކުއްޖެއް ގެއްލިގެން އުޅޭ ކަމަށް ފުލުހުންނަށް މިއަދުގެ 15:20 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، ގެއްލިގެން ހޯދަމުން ދިޔައީ 4 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެކުއްޖާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ފެންފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެކުއްޖާ އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުންޏެވެ. އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ފެންފުށީ ކައުންސިލުން ބުނެފައިވަނީ އެކުއްޖާ ގެއްލިފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައިކަމަށާއި، ގެއްލިގެން ހޯދަން ފެށިތާ މާގިނަ އިރުތަކެއް ނުވެ މޫދުން ފެނިފައިވާ ކަމަށްވެސް އެރަށު ކައުންސިލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ