ދިގުރަށުގެ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ދިގުރަށުގެ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީން ބުނެފިއެވެ.

އެމްޓީސީސީން ދިގުރަށުު ބަނދަރުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ތެރޭގައެވެ. އެކުންފުނިން މިއަދު ބުނީ ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމުގައެވެ.

685 މީހުންގެ އާބާދީއެއް އޮންނަ ދިގުރަށަކީ ލޯކަލް ޓުއަރިޒަމް ބާރު ސްޕީޑެއްގައި ތަރައްޤީވަމުން އަންނަ ރަށަކެވެ. ގެސްޓްހައުސް ވިޔަފާރިއާއިއެކު މި ރަށުގައި ޑައިވިންގ ދޯނިފަހަރު، ލޯންޗް އަދި ޑިންގީތައް ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އަދި ގެސްޓްހައުސް ވިޔަފާރިއާއިއެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ "ބިގް ގޭމް ފިޝިންގ" އަދި އެކްސްކާރޝަންސް އަށް އޮތް ތަރުހީބު އިންތިހާއަށް ބޮޑުވުމާއެކު މި ރަށުގެ މިހާރު އޮތް ބަނދަރުވަނީ ރަށުގެ ރައްޔިތުންގެ ބޭނުންފުދޭވަރަށްވުރެ ކުޑަވެފައިކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެހެންކަމުން ރަށުގެ ބަނދަރު ތަރައްޤީކުރެވި ފުރިހަމަކުރުމުގެ މަޤްޞަދަކީ އިޤްތިސާދީގޮތުން ބެލިކަމުގައި ވިޔަސް މިކަމުގެ ފައިދާ ދިގުރަށުގެ ރައްޔިތުންނަށް ލިބިގެންދިޔުންކަމުގައި އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 416,64 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 770,6 މީޓަރުގެ ނެރު ފުންކުރުމާއި، 294 މީޓަރު އެއްގަމު ތޮށި އަދި 287 މީޓަރުގެ ބޭރުތޮށި ލުމާއި، 98 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، މޫރިންގ ބޮއެ ހަރުކުރުމާއި، 324,2 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތާއެކު ދިގުރަށުގެ ބަނދަރުގެ މިހާރު އޮތް ޖާގަ ދެގުނައަށް ބޮޑުވެގެން ދާނެއެވެ. އަދި މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ. މި ކޮންކްރީޓް ޖެޓީގެ ސަބަބުން ޑިންގީތަކާއި ކުދި ލޯންޗްފަހަރު އެޅުމުގައި އިތުރު ޖާގައިގެ ތަނަވަސްކަން ލިބި އަދި ރޭމްޕަށް މުދާ ހިފައިގެން އަންނަ ކޮޅުވެއްޓި ފަދަ އުޅަނދުތަކަށް ކައިރިކޮށް މުދާ ބޭލުމަށް ފަސޭހަވެގެންދާނެއެވެ .

މި މަޝްރޫޢަކީ 58.367,025,53 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 570 ދުވަސް ތެރޭގައިކަމަށް އެމްޓީސީސީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *