ގިނަ އަދަދެއްގެ ކަނބަލުން ޖޭޕީއާއި ގުޅިއްޖެ

ގިނަ އަދަދެއްގެ ކަނބަލުން ޖޭޕީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
12 އޭޕްރިލް 2023 09:46
0

ގިނަ އަދަދެއްގެ ޒުވާން ކަނބަލުންތަކެއް ޖުމްހޫރީ ޕާޓީއަށް ގުޅިއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށް ނިންމައި ކެމްޕެއިންގެ ހަރަކާތްތައް ފަށާފައިވާއިރު، އެންމެ އިސްކަމެއް ދީގެން އެޕާޓީން ކުރިއަށް ގެންދަނީ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތަކާއި، އަތޮޅު ތެރޭގެ ރަށްތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރު ކުރުމުގެ މަސައްކަތެވެ.

ޖުމްހޫރީ ޕާޓީއާއި ރޭ އަލަށް ގުޅުނު ކަނބަލުންގެ ފޯމުތަކާއި ހަވާލުވީ އެޕާޓީގެ ނައިބް ލީޑަރު އަދި ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ. ރޭ ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ.ކުނޫޒްގައި އޮތް މިރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޒުވާން ކަނބަލުން ވަނީ ޖޭޕީއާއި ގުޅިފައެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކުގައި އެންމެ އިސްދައުރެއް އަދާކުރަމުންދަނީ މިނިސްޓަރ ނަހުލާގެ އިރުޝާދުގެ ދަށުން އެޕާޓީގެ ކަނބަލުންކަން ފާހަގަކޮށްލެވެ. ރޭ އަލަށް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި މެމްބަރުންނަށް އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އަންހެނުންގެ ލީގުންނާއި، މިނިސްޓަރ ނަހުލާ ކުރައްވާ މަސައްކަތަށް ޤާސިމް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޖޭޕީން ދަނީ އެޕާޓީގެ ހަރަކާތްތައް އަތޮޅު ތެރޭގައި ފުޅާކުރުމަށް ދާއިރާތަކުގެ ރައީސުުން ހޮވުމަށް ނިންމާފައެވެ. ދާއިރާތަކުގެ ރައީސުންނަށް ވާން ބޭނުންވާ ފަރާތްތަކަށް 50 މީހުންގެ ސޮއި ހުށަހަޅަންޖެހެއެވެ. ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ކުރިމަތިލާން އެދޭ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ޖޭޕީން ވަނީ 87 އިދާރީ ދާއިރާއަށް ރައީސުން ހޮވަން ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.