ފޭސް ދޭއްގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަނީ

ފޭސް ދޭއްގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަނީ

Author
އަޒްފާ ރަޝީދު
11 އޭޕްރިލް 2023 06:42
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ކުންފުންޏާއި އެކު ހަވާލުކޮށްފިއެވެ.

އާރބަންކޯއާއި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ކުންފުންޏާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރު 20243ގައި ޤާއިމުކުރާ މި މިސްކިތަކީ 11643 އަކަފޫޓުގެ ބިމެއްގައި ބިނާ ކުރެވޭ މިސްކިތެކެވެ. 3 ފަންގިފިލާއަށް އިމާރާތްކުރެވޭ މި މިސްކިތުގައި 521 މީހުންނަށް ނަމާދުކުރެވޭނެއެވެ.

އާރބަންކޯގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އައި.ސީ.އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފަޔާޒުއެވެ. އަދި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފުއެވެ.

ހުޅުމާލޭ ފޭސް 2ގައި އަލަށް މީހުން އާބާދުވެގެން އަންނައިރު، ބޭނުންވާނެ މިސްކިތްތައް ޤާއިމުކުރުމުގެ ތެރެއިން، މިއަދު ސޮއިކުރެވުނު މިސްކިތް ހިމަނައިގެން ޖުމްލަ 7 މިސްކިތެއްގެ މަސައްކަތް މިހާރު އެކި ފަރާތްތަކާއި ހަވާލުކޮށްފައެވެ. އަދި އޭގެތެރެއިން ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ މިސްކިތެއް މިހާރުވެސް ފޭސް 2ގައި ހުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.