ދައުލަތަށް ޔާމީން 52 މިލިއަން ދޭން އެންގި މައްސަލަ މާދަމާ ނިންމަނީ

ދައުލަތަށް ޔާމީން 52 މިލިއަން ދޭން އެންގި މައްސަލަ މާދަމާ ނިންމަނީ

Author
މުޙައްމަދު ޝަޒައިމް
10 އޭޕްރިލް 2023 09:18
0

ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އެންގި މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފިއެވެ.

އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އެންގީ އެ މައްސަލާގައި ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުންނެވެ.

ފައިސާ ދައްކަން ނެރުނު އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމާލާފައި ވާއިރު، އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ. ހައި ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ހޫނު ސުވާލުތައް ދައުލަތަށް އަމާޒުވިއެވެ.

އެ މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އޮތީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލާގެ ހުކުމް ވެސް ހައި ކޯޓުން މާދަމާ އިއްވާނެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ޔާމީންގެ ވަކީލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަތުފަތު
އިންޝާﷲ މާދަމާއަކީ އަނެއްކާވެސް ހައްޤަށް ނަސްރު ދެއްވާނެ ދުވަހެއް، ަރަރަރަރަރަރ ރޔާމީންގެ އަދުއްވުން ބަލިކުރައްވާށި، ރ ޔާމީނަށް ނަސްރާ ކާމިޔާބު މިންވަރު ކުރަށްވާށި، އާމީން.