އައްޑޫ ހިތަދޫ ކުނި ކޮށީގައި ރޯވެ އަނދަނީ

އައްޑޫ ހިތަދޫ ކުނި ކޮށީގައި ރޯވެ އަނދަނީ

Author
ހުސެއިން
10 އޭޕްރިލް 2023 07:01
0

އައްޑޫ ހިތަދޫ ކުނި ކޮށީގައި ރޯވެ އަނދަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ކައިރި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަނުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުންދާ ކަމުގައެވެ.

މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 16:43 ހާއިރު ކަމަށްވެސް އެމްއެންޑީއެޕްއިން ވިދާޅުވެފައި ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ކުނި ކޮށީގެ ބޮޑު ސަރަހައްދެއްގައި ވަނީ ރޯވެފައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.