ލިޔުނު ރިޕޯޓަކާ ގުޅިގެން "ދައުރު" ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފް އާއި މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ ޒާހިރު) އަށް މަރުގެ އިންޒާރު ދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ދެ ނޫސްވެރިއަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ އެމްޑީޕީ ތެރޭގައި އުފައްދައިގެން އުޅޭ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. މައްސަލަ ބަލަން ގޮވާލައި ގަރާރު ހުށަހެޅި މި ފެކްޝަނުގެ ބައެއް މެމްބަރުން މީގެ ކުރިން ވަނީ އެ ޕާޓީން މި ފަހުން ބޭއްވި އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް، ސަރުކާރުން ފައިސާ ނަގައި ގިނަ ނޫސްވެރިން "ވިކިފައި" ތިބި ކަމަށް ތުހުމަތުކޮށް ފާޑުކިއުން އަމާޒުކޮށްފައެވެ.
ސަރުކާރާ ދެކޮޅު މެންބަރުން މަޖިލީހަށް ހުށަހަޅާ އެހެން ކުއްލި މައްސަލަތަކާ ހިލާފަށް މި މައްސަލަ ވަނީ ބަލައިގަނެ، ބަހުސް ފަށައިފައެވެ. މައްސަލަ ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 18 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވެވިއެވެ.
"ސިޔާމާއި ހިލްޓަންގެ މައްސަލަ؛ ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" ނަމުގައި "ދައުރު" ނޫހުގައި ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން އާޓިކަލް ލިޔުނު ނޫސްވެރިޔާ އަދި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު ނާއިފަށާއި އެ ނޫހުގެ އެޑިޓަރަށް ސިޔާމް ގުޅައި ބިރު ދައްކާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަދި އޭގެ ފަހުން އެ ނޫސްވެރިޔާއަށް ވަނީ މަރުގެ އިންޒާރުގެ މެސެޖުތައް ލިބިފައެވެ. ނާއިފާއި ސީނިއާ އެޑިޓަރަށް ފޮނުވި މެސެޖުގައި އެ ދެމީހުންނާ "މަގުމަތިން ދިމާކޮށްލާނެ" ކަމަށާއި "ފުރާނަ ދުއްވާލަން ވެސް ފަސްނުޖެހޭނެ" ކަމަށް ބުނެފައި ވެއެވެ. މި މައްސަލަ މިހާރު ނާއިފް އަދި ދައުރު ނޫހުގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އެ މައްސަލަ އަށް ތަހުގީގީ އިދާރާތަކުން ފުރިހަމަ އަށް ސަމާލުކަން ދީގެން އަވަސް ފިޔަވަޅު އެޅުމަށް އެ ކުއްލި މައްސަލާގައި ވަނީ ގޮވާލައިފައެވެ.
އެ މައްސަލައިގެ ބަހުސް ކުރައްވަމުން އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުން ވަނީ އެ މައްސަލަ ތަހުގީގު ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވިދާޅުވެފައެވެ. އެ މެންބަރުން ތުހުމަތު ކުރާ ގޮތުގައި މި ސަރުކާރަށް ނޫސްވެރިންނަށް ވުރެ މުހިންމު ވާނީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެވެ. އަދި އެމްޑީއޭ އާއި ސަރުކާރަށް އެ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
2 Responses
ލަފާ ކުރެވެނީ މީނާއަށް ގާނޫނުވެސް ނުހިގާނެކަމަށް
ސިޔާމު އެހުރީ މިހާރު ހަމަބިމަކު ނޫ ވާނީ އެހެންނު