ފަލަސްތީނުގެ ހައްގުތައް ހޯދައިދިނުމަށް ދުނިޔެއަށް ރައީސް ގޮވާލައްވައިފި

ފަލަސްތީނުގެ ހައްގުތައް ހޯދައިދިނުމަށް ދުނިޔެއަށް ރައީސް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
29 ނޮވެމްބަރ 2020 01:10
0

އަމިއްލަ ވަޒަނުގައި ފަރަސްޠީނު ރައްޔިތުންނަށް އޮތް ހައްގުތައް ބަލައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަމުން އަންނަ ފަލަސްޠީން ރައްޔިތުންގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރުމަށް ކުރަމުންދާ ޖިހާދުގެ ހައްގުގައި ފާހަގަކުރާ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސްގެ ޓްވީޓްގައި ވަނީ ފަލަސްޠީން ރައްޔިތުންނަކީ އެމީހުންގެ އަމިއްލަ ވަޒަން ނުވަތަ ބިމުގައި ތަކުލީފު އުފުލަމުން އަންނ ބައެއްކަމަށާއި، މިނިވަން ދައުލަތަކަށް ވުމަށް ފަލަސްޠީނުން ކުރަމުން އަންނަ މަސައްކަތްގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާއެކުކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރާއްޖެއާއި ފަލަސްޠީނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވަނީ 1988 ވަނަ އަހަރުއެވެ. ރާއްޖެއިން އަބަދުވެސް ގެންދަނީ ފަލަސްޠީނު ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަން ހޯދައި ދިނުމަށާއި، އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ގޮވާލަމުންނެވެ. އަދި އަބަދުވެސް ފަލަސްޠީނުގެ ހައްގުގައި ވަކާލަތު ކުރަމުންދާނެކަން ރާއްޖެއިން އަބަދުވެސް އަންނަނީ ހާމަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.