ރޯދައާއި ސުވާލު: މުސްކުޅި ބަލީގެ ސަބަބުން ތަންދޮރު ވަކިކުރަން ނޭނގޭވަރުވާ މީހުންނަށް ރޯދަ ވާޖިބުތަ؟

ރޯދައާއި ސުވާލު: މުސްކުޅި ބަލީގެ ސަބަބުން ތަންދޮރު ވަކިކުރަން ނޭނގޭވަރުވާ މީހުންނަށް ރޯދަ ވާޖިބުތަ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
10 އޭޕްރިލް 2023 07:35
0

ރޯދަ ހިފުމާއި ނުހިފުމުގެ މައްސަލާގައި މީސްތަކުން ދިހަ ބަޔަކަށް ބެހިގެންވެއެވެ.

ހަތަރުވަނަ ބައި: މުސްކުޅި ބަލީގެ ސަބަބުން ތަންދޮރުވަކި ކުރަން ނޭނގޭވަރުވެފައިވާ މީހުން. މިފަދަ މީހުންނަށް ރޯދަ ހިފުން ވާޖިބެއް ނޫނެވެ. އަދި ރޯދައިގެ ބަދަލުގައި ކާންދޭކަށްވެސް ނުޖެހެއެވެ. ސަބަބަކީ ތަންދޮރުވަކި ކުރަން ނޭނގުމުގެ ސަބަބުން އޭނާގެ ކިބައިން ތަކްލީފްވަނީ އުފުއްލެވިފައެވެ. އެހެންކަމުން، އޭނާގެ ޙުކުމަކީ ކުޑަކުއްޖަކު ބާލިޣްވުމުގެ ކުރީގެ ޙުކުމެވެ.

ބައެއް ފަހަރަށް ތަންދޮރުވަކި ކުރަން އެނގިފައި އަނެއްބައި ފަހަރަށް ނޭނގޭނަމަ، ރަގަޅަށް ހުންނަ ވަގުތުގައި ރޯދަ ހިފަން ޖެހޭނެއެވެ. ނަމާދު ވެސް ހަމައެފަދަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.