މިއަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްގައިވާ ފަތުރުވެރިންގެ އަދަދު ބައި މިލިއަން ފަހަނަ އަޅައިފި

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްގައިވާ ފަތުރުވެރިންގެ އަދަދު ބައި މިލިއަން ފަހަނަ އަޅައިފި

ރާއްޖެއަށް މިއަހަރު މިހާތަނަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށްވުރެ މަތި ވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށްވަނީ 555،537 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މިއީ ފާއިތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ 457،005 ފަތުރުވެރިންނަށްވުރެ 21.6 އިންސައްތަ މަތީ އަދަދެކެވެ.

ހިސާބުތައް ދައްކާގޮތުން މިއަަރުގެ ޖެނުއަރީމަހު ރާއްޖެއަށް 172،499 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ. އަދި ފެބްރުއަރީމަހު 177،915 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މާރިޗްމަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 173،514 ފަތުރުވެރިންނެވެ. މީގެ އިތުރުން މިމަހުގެ 1 އިން 5 އަށް 31،609 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި މިހާރުވަނީ ރަޝިއާއެވެ. އެގައުމުން މިހާތަނަށް 68،102 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. ލިސްޓުގެ ދެވަނާގައިވާ އިންޑިއާއިން ރާއްޖެއަށް 58،859 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ. ތިންވަނާގައި އޮތް އިނގިރޭސިވިލާތުން 55،093 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ ގައުމުތަގުގެ ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަކީ، އިޓަލީ، ޖާރމަނީ، އެމެރިކާ، ފްރާންސް، ޗައިނާ، ސުވިޒަލޭންޑް އަދި އޮސްޓްރޭލިއާއެވެ.

ފަތުރުވެރިން މިއަހަރު މިހާތަނަށް ރާއްޖޭގައި ހޭދަކޮށްފައިވަނީ އެވްރެޖްކޮށް 8 ދުވަހެވެ.

ރާއްޖޭގައި މިހާރު ޖުމްލަ 170 ރިސޯޓާއި، 896 ގެސްޓު ހައުސްއާއި، 153 ސަފާރީއާއި، 13 ހޮޓެލް އެބަހުއްޓެވެ. މިހުރިހާ ފެސިލިޓީއެއްގައި ހުރި އެނދުތަކުގެ ޖުމްލަ އަދަދަކީ 61،406 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *