ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމާއި ސަރުކާރާ ދެކޮޅުވެރި ޙަރަކާތް "ފިކުރެއްގެ ދިރުން" އުފައްދަވައިގެން އުޅުއްވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ސަން އައިލެކްޑުގައި ބޭއްވި ބައްދަލުވުމުގެ ފޮޓީއަކުން ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ފެނިއްޖެއެވެ.
ޑރ.ޙުސައިން ވަޒީރުކަމަށް ވަޑައިގަތީ ޖޭޕީގެ ސްލޮޓެއްގައެވެ. ޖޭޕީގެ ސްލޮޓުގައި ވަޒީރުކަމާ ސިޔާސީ މަޤާމުތަކަށް ވަޑައިގެންނެވި ގިނަ ބޭފުޅުން ވަނީ މިހާރު އެޕާޓީން ވަކިވެ ނުވަތަ ވަކިނުވެ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދުކުރައްވަން ނިންމަވާފައެވެ. ރައީސާ ދެކޮޅަށް އަންނަ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރަން ނިންމާފައިވާ ބައެއް މީހުން ސަރުކަރުގެ ސިޔާސީ މަޤާމުތަކުގައި އެބަތިއްބެވެ. އެމީހުންނަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އަޙްލާޤީގޮތުން ބެލިޔަސް އެންމެ ރަނގަޅުގޮތަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ކަމުނުގޮސްގެން އެހެން ކެންޑިޑޭޓަކަށް ތާޢީދުކުރާނަމަ ސަރުކާރުން ވަކިވުންކަމަށް ގިނަބަޔަކު ބުނެއެވެ.
ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވަނީ ސަންއައިލެންޑުގައި ޤާސިމާއި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެހެންނަމަވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވަކި ކެންޑިޑެޓަކަށް ތާޢީދުކުރައްވާކަން މިހާތަނަށް ޑރ.ޙުސައިން ހާމަކުރައްވާފައެއް ނުވެއެވެ. ސަން އައިލެންޑު ބައްދަލުވުމާ ބެހޭގޮތުން ބައެއް މިޑިއާތަކުން ސުވާލުކުރުމުން މިނިސްޓަރ ޑރ.ޙުސައިން ވަކި ޖަވާބެއް ނުދެއްވިއެވެ.
ކޮމެންޓު ފޮނުވާ