ރޯދައާއި ސުވާލު: ރޯދަ ގެއްލޭ ކަންކަމުގެ ތެރެއިން ކެއިންބުއިމުގެ މާނާގައި ހިމެނޭ ކަންކަމަކީ ކޮބާ؟

ރޯދައާއި ސުވާލު: ރޯދަ ގެއްލޭ ކަންކަމުގެ ތެރެއިން ކެއިންބުއިމުގެ މާނާގައި ހިމެނޭ ކަންކަމަކީ ކޮބާ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
08 އޭޕްރިލް 2023 08:51
0

ރޯދަ ގެއްލޭ ހަތަރުވަނަ ކަމަކީ ކެއުން ބުއިމުގެ މާނާގައި ހިމެނޭ ކަންތައް ތަކެވެ.

މީގައި ދެކަމެއް ހިމެނިގެންވެއެވެ.

  1. ހަށިގަނޑަށް ލޭގުޅުން، މިޘާލަކަށް ދިމާވި ކަމަކުން ހަށިގަނޑުން ލޭ މަދުވުމުގެ ސަބަބުން ލޭ ގުޅައިފިނަމަ ރޯދަ ގެއްލޭނެއެވެ. ސަބަބަކީ އެއީ ކެއުން ބުއިމުގެ މާނާގައި ހިމެނޭ ކަމަކަށް ވުމެވެ.
  2. ކާންދިނުމަށް ނުވަތަ ހަށިގަނޑުގައި ވަރުޖެއްސުމަށް ބޭނުން ކުރާ އިންޖެކްޝަން ފަދަ ތަކެތިންވެސް ރޯދަ ގެއްލޭނެއެވެ. ނަމަވެސް ހަށިގަނޑުގައި ވަރުޖެއްސުމަށް ނޫން ގޮތަކަށް ޖަހާ އިންޖެކްޝަން، މިޘާލަކަށް ވެކްސިން ފަދަ ތަކެތިން ރޯދަ ނުގެއްލޭނެ ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އައްޝައިޚް މުޙައްމަދު އިބްރާހީމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ނަމަވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ ރޭގަނޑުގެ ވަގުތުގައި މިފަދަ އިންޖެކްޝަންތައް ބޭނުން ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.