އަމާޒަކީ ގިނަ ބައެއްގެ ބައިވެރިވުމާއިއެކު އެކުލެވޭ ވެރިކަމެއް ގާއިމްކުރުން: ޖޭޕީ

އަމާޒަކީ ގިނަ ބައެއްގެ ބައިވެރިވުމާއިއެކު އެކުލެވޭ ވެރިކަމެއް ގާއިމްކުރުން: ޖޭޕީ

Author
މުޙައްމަދު ޝަޒައިމް
07 އޭޕްރިލް 2023 01:56
0

ޖުމްހޫރީން ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގިނަ ބައެއްގެ މަޝްވަރާއާއި، ޚިޔާލާއިއެކު އެކުލަވާލެވޭ އެއްބައިވަންތަ ވެރިކަމެއްގެ ތެރެއިން ޤައުމު އިސްލާހު ކުރުމުގެ ކަންކަން ކުރުމަށް ކަމުގައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެމްޕެއިންގެ ކަންމުގައިވެސް އިސްކޮށް ހަރަކާތްތެރިވާ އަދި ކޯލިޝަން މަޝްވަރާތަކުގައިވެސް އެކުލަވާލާފައިވާ ކޮމެޓީގައި ހިމެނޭ އަމީން އިބްރާހިމް ރޭ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ބައިވެރިންނާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ކޮންމެ މީހަކީވެސް ކޮންމެ ސިޔާސީ ޕާޓީއަކީވެސް ވަރަށް މުހިންމު ބައިވެރިއެއްކަމަށެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހަށް ނިކުމެފައިވަނީ ރާއްޖޭގައި ހުރި މައްސަލައްތައް ހައްލު ކުރުމަށް ވީހާވެސް ގިނަ ބައެއްހެ ބައިވެރުވުން އޮވެގެން ސަރުކާރެއް އެކުލަވާލަން ކަމަށެވެ. މިމަސައްކަތުގެ ތެރެއިން މިހާރުވެސް ގިނަ ސިޔާސީ ޕާޓީތަކަށް ދައުވަތު ފޮނުވައި، ބައެއް ފަރާތްތަކާއިއެކު މަޝްވަރާވެސް ކުރެވެމުންދާކަމަށް އަމީން ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި، ޖޭޕީން އަންނަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ގިނަ ޕާޓީތަކާއެކު ކުރަމުންނެވެ. އެ ދައުވަތު އެންމެ ފަހުން ދީފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ އުފައްދަވާފައިވާ އެމްޓީޑީ އަށެވެ. އެމްޑީޓީއަށް ދައުވަތު ދިނުމުން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އަމީން ވިދާޅުވީ އެމްޓީޑީއަކީވެސް ސިޔާސީ ޕާޓީއަކަށްވެފައި ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ބައިވެރިއަކީވެސް ޖުމްހޫރީ ޕާޓީއަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

ޖޭޕީން ރިޔާސީ އިންތިހާބަށް މަސައްކަތް ފަށާފައިވާ އިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ހަރަކާތާ އެކު އަންނަނީ އެ ޕާޓީއާ އެކު ބައްދަލުވުންތައް ބާއްވަމުންނެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން ބުނީ އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރައި ކޯލިޝަން ހަދަން ބޭނުން ނުވާ ކަމަށެވެ. ކޯލިޝަން ސަރުކާރެއް ހިންގެވުމާ މުނައްވަރު ދެކޮޅެވެ. އުމަރު ނަސީރާއި އެމްއެންޕީގެ ނިންމުމަކީ ވެސް ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ނުހެދުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.