ތިންވަނަ މަޝްވަރާ: ނަޝީދު ފެކްޝަނުން ބުނަނީ މިތިބީ ޤާސިމާއެކުކަމަށް!

ތިންވަނަ މަޝްވަރާ: ނަޝީދު ފެކްޝަނުން ބުނަނީ މިތިބީ ޤާސިމާއެކުކަމަށް!

ދެބައިވެފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން "ފިކުރެއްގެ ދިރުން"މައި ޖުމްހޫރީ ޕާޓީގެ މަޝަވަރާތަކުގެ 3ވަނަ ބުރަށްފަހު، ނަޝީދު ފެކްޝަން އޮތީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްއާއެކު ކަމަށް އެފެކްޝަނުން ބުނެފިއެވެ.

މަޝްވަރާތަކުގެ 3ވަނަ ބުރު އޮތީ ރޭގައެވެ. މަޝްވަރާރަކަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ނަޝީދު ފެކްޝަނުގެ އިސް މެމްބަރެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވީ އެފެކްޝަނާއި ޖޭޕީއާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރަމުންދާކަމަށެވެ. މި މަޝްވަރާތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލަކާ އެއްގޮތަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކި މަރުޙަލާތަކަށް ބަލާގައިގެން ކުރިއަށްގެންދަން ނިންމާފައިވަ މަޝްވަރާތަކުގެ އެކި ބައްދަލުވުންތަކުގައި އޮންނާނީ އެކި ކަންކަން ކަމަށް ހަސަން ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު އެފެންޝަން އޮތީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމާއެކުކަމަށްވެސް ޙަސަން ލަތީފް ވިދާޅުވިއެވެ. އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ މިއީކަމަށާ، ނަޝީދު ފެކްޝަންގެ ބޭނުމަކީ އެމްޑީޕީ އެކުލެވޭ ސަރުކާރެއް އުފެއްދުންކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ރާއްޖޭގެ ހުރިހާ ޕާޓީތަކަށްހެން ޖޭޕީން ވަނީ ދަޢުވަތު ދީފައެވެ. އަދި މިފަހުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީ އާއި އެމްއާރުއެމްއަށްވެސް ވަނީ ދަޢުވަތު ފޮނުވާފައެވެ. މި ފަރާތްތަކުން ވަނީ އެދަޢުވަތު ޤަބޫލު ނުކުރާކަން ހާމަކޮށްފައެވެ. އަދި ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ޢުމަރު ނަޞީރާއި ޑރ.މުޙައްމަދު މުނައްވަރަށްވެސް ޖޭޕީން ކޯލިޝަން ދައުވަތު ފޮނުވިއެވެ. އެދެބޭފުޅުންވެސް ހެއްދެވީ ދެކޮޅެވެ. މިހާރު ވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އެމްޓީޑީއަށް ދަޢުވަތު ފޮނުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *