ހުޅުމާލެއިން، ދިރިއުޅުމަށް 15 ބިމެއް ވިއްކަން ހުޅުވާލައިފި

ހުޅުމާލެއިން، ދިރިއުޅުމަށް 15 ބިމެއް ވިއްކަން ހުޅުވާލައިފި

Author
ޢަލީ އާދަމް
07 އޭޕްރިލް 2023 07:01
0

ދިރިއުޅުމަށްޓަކައި، ހުޅުމާލެއިން ބީލަމުގެ އުޞޫލުން 15 ބިމެއް ވިއްކަން ހުޅުވާލައިފިއެވެ.

އާބަންކޯ އިން ވިއްކުމަށް ހުޅުވާލާފައިވަނީ ހުޅުމާލޭ ބީޗްފްރަންޓްއިން 5 ބިމަކާއި، ބީޗްސައިޑުން 10 ބިމެއްކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ. ބީޗްސައިޑްއިން ދޫކުރާ ބިންތަކުގެ ބޮޑުމިނުގައި 1644.83 އާއި 2338.87 އަކަފޫޓެވެ. ބީޗްފްރަންޓްއިން ދޫކުރާ ބިންތަކުގެ ބޮޑުމިނަކީ 1270.15 އާއި 1803.28 އަކަފޫޓެވެ.

ބީލަން ހުށަހެޅޭނީ ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާއޮންނަ ކުންފުނިތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެންމެ ބިމެކެވެ.

ބީޗްފްރަންޓްއިން ދޫކުރާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 6500 ރުފިޔާއެވެ. އަދި ބީޗްސައިޑްއިން ގަތުމަށް ދޫކުރާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5500 ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.