މަޖިލިސް ތިންވަނަ ދައުރު އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ދަންމަލަނީ

މަޖިލިސް ތިންވަނަ ދައުރު އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ދަންމަލަނީ

Author
މުޙައްމަދު ޝަޒައިމް
29 ނޮވެމްބަރ 2020 09:30
0

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތަކާއި މިދައުރުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ކަންކަން ނިންމުމަށް މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ދަންމާލުމަށް ނިންމައިފިއެވެ.

ދައުރު އިތުރުކުރަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށެވެ. މަޖިލިސް ރައީސް ވިދާޅުވީ މަޖިލިސް ގަވާއިދު ހަމަޖެހިފައިވާ ގޮތުން މިމަހުގެ ނިޔަލަށް މިދައުރުގެ މަސައްކަތް ނިންމަންޖެހޭ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ހުރި ގޮތުންނާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތްވެސް ނިންމަން ޖެހޭތީ ދައުރު ދަންމާލައިގެން ނޫނީ އެކަން ކުރެވެން ނެތްކަމަށެވެ. މަޖިލީހުގެ މަސައްކަތް ނިންމުމަށްޓަކައި އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމަޔަށް ދައުރު ދަންމާލައި މިއަދުގެ ވޯޓު ގަނޑީގައި ވޯޓަށް އެހާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށަފައިވަނީ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަސްދުވަހުގެ ޗުއްޓީއަކަށް ދިޔައީ މި މަހުގެ 6 ވަނަ ދުވަހުގައެވެ. ނިމުނު ދައުރު ނިންމާލައި މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ އެ ދައުރަށް ހުށައެޅުނު މަސައްކަތުގެ %68 މަސައްކަތް ނިންމުމަށްފަހުކަމަށް މަޖިލީހުގެ ނާއިބުރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުގައި ޖުމްލަ 76 ޖަލްސާވަނީ ބާއްވާފައެވެ. މިއަހަރުގެ ފަހު ދައުރު އޮކްޓޫބަރު ފަހެއްގައި ބާއްވާއިރު މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިނގިރޭސި ވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އިއްޔެވަނީ މާލެ ވަޑައިގެންފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ އެޗްޕީއޭއިން ކަނޑައަޅުއްވާފައިވާ ގައިޑް ލައިނާއި އެއްގޮތަށް ކަރަންޓީނުގައިކަމަށް މަޖިލިސް އިދާރާއިން ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.