މެންބަރު ޔައުގޫބުގެ މަންމަ ނިޔާވެއްޖެ

މެންބަރު ޔައުގޫބުގެ މަންމަ ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
03 އޭޕްރިލް 2023 11:48
0

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބުގެ މަންމަ ނިޔާވެއްޖެއެވެ.

ޔައުގޫބުގެ މަންމަ، ގއ. ދާންދޫ، ކަކާގެ ފާތިމަތު ސަކީނާ (77އ) އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. ޔައުގޫބުގެ މަންމަގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމުން ދަނީ މެންބަރު ޔައުގޫބަށް ތައުޒިޔާ ކިޔަމުންނެވެ.

ޔައުގޫބަކީ 19 ވަނަ މަޖިލީހަށް އެމްޑީޕީ ޓިކެޓްގައި އިންތިޚާބުވި މެމްބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.