މާފުށީ އެމްޑީޕީގެ އެންމެ ވަރުގަދަ އެއްތަނބު، ޚަލީލްގެ ތާއީދު ޕީޕީއެމް ކެނޑިޑޭޓަށް

މާފުށީ އެމްޑީޕީގެ އެންމެ ވަރުގަދަ އެއްތަނބު، ޚަލީލްގެ ތާއީދު ޕީޕީއެމް ކެނޑިޑޭޓަށް

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2023 09:14
0

މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި، މާފުށީގެ އެމްޑީޕީގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ޚަލީލް ޕީޕީއެމްގެ ކެނޑިޑޭޓް މަރުހޫމް އިބްރާހިމް ރިޒާގެ ކޮއްކޯފުޅު، ޙުސައިން ރިޒާއަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.

ޚަލީލަކީ މީގެ ކުރިން އެމްޑީޕީގެ އެކި ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. މާފުށީގައި އެމްޑީޕީގެ ނަގާކިޔާ މީހުންގެ ތެރޭގައި ހިމެނޭ ޚަލީލް ޕީޕީއެމްގެ ކެމްޕެއިނާއި ގުޅުމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ކުރި ޓުވީޓެއްގައި ވިދާޅުވީ ހުސައިން ރިޒާގެ ކެމްޕެއިން ޓީމާއި ގުޅި ހަލީލްގެ ތާއީދު ލިބުމަކީ ކެމްޕެއިންގައި އެޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޚަލީލް ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދުކުރި އެންމެ ބޮޑުު ސަބަބީ މިސަރުކާރުން ޚާއްސަކޮށް ރައީސް ޞާލިހު އަމަލު ކުރައްވަމުންދާ ގޮތުން އެކަމާއި ހިންހަމަ ނުޖެހިންކަމަށެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ ފެބްރުއަރީމަހު އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަން މިދިޔަ 15 އަހަރު ފުރުއްވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
10
ނ ނަލަ ޙަލީލު
އެމް،ޑީ،ޕީ ގެ ތަނބެއްވެސް ނޫން ތީ... ފެށުނީއްސުރެއް އުޅޭގޮތް ތީ.. ލާރިކޮޅެއް ލިބޭ ފަރާތަކައް ނަލަ ހަލީލުގެ ތާއިދު އޮންނާނެ.. ނަލަ ޙަލީލުއައް މާފުށިން 10 ވަރަކައް ވޯޓު ލިބުނަސް ބޮޑުވަރު އެއީ.. އަސްލު އެމް،ޑީ،ޕީ އައް ރަނގަޅަކައް ތިކަން ތިވީ... ތިކަހަލަ މުނާފިގުން ފާޅުކޮއް އިނގި ފެއައްޖެހުނީއްޔާ ރަނގަޅީ...
ޒ ޒާހިރު
މާފުށީ.ހަލީލުއަށް)ހެޔޮވިސްނުއްދެއްވީތީ).މާތްﷲއަށްސުކުރުތައުރީފުއަދާކުރަތް)އަޅުގަންޑު މިގޮވާލަނީ))ހުރިހާރަތްޔިތުއްވެސްއެކުވެރިކަމާއިއެއްބާވަށްތަކަމާއެކުނިކުމެގެއްވީހާވެސްއަވަ ހަކައްރައިސްޔާމީންސަލާމެއްކޮއް))).މިނަހަލާލުވެރިކައްކުރަމުއްދާ)).ސޯލިހުގެއަނިޔާވެރު ވަކިތަކުއްމިގައުމުސަލާމައްކޮއް)ހުރިހާޒުވާނުއްވެގެއްއިބޫސޯލިހުހަމަމަގައްތިރިކޮއްކުޑަކަކޫޖައްސުވާފަ).ނަހަރެމެއްއެގެއެއްމެއްގެލޯބިލިބިފާވާރައިސްޔާމީނުމިނިވައްކުރުމައްހިތްވަރާއެކުތުދުވައްހިގާ