މަޤާމު ދިފާޢުކުރެއްވި ބޭފުޅުންނަށް އިޙްތިރާމް! ޖޭޕީ އޮތީ ފަސްއެނބުރި ބަލާގޮތަކަށް ނޫން: އިޤުބާލް

މަޤާމު ދިފާޢުކުރެއްވި ބޭފުޅުންނަށް އިޙްތިރާމް! ޖޭޕީ އޮތީ ފަސްއެނބުރި ބަލާގޮތަކަށް ނޫން: އިޤުބާލް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓުތަކުގައި ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެތެރެއިން އެޕާޓީން ވަކިވެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވަން ނިންމެވި ބޭފުޅުންގެ ނިންމެވުމަށް އިހްތިރާމް ކުރާ ކަމަށާ، އެހެންނަމަވެސް މިފަހަރު ޖޭޕީ އޮތީ ފަސްއެނބުރި ބަލާގޮތަކަށް ނޫންކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރ އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާ ވަކިން ޖުމްހޫރީ ޕާޓީން ވާދަކުރަން ވަނީ ނިންމާފައެވެ. އަދި އެޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ހުޅުވާލުމުން ކުރިމަތިލެއްވީ ޕާޓީގެ ލީޑަރ ޤާސިމް އިބުރާހީމް އެކަންޏެވެ. އެއާއެކު ޖޭޕީގެ ރިޔާސީ ޓިކެޓު ޤާސިމްވަނީ ކަށަވަރުކުރައްވާފައެވެ.

ޤާސިމްގެ މި ނިންމެވުމާއެކު ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް މެމްބަރުންވަނީ އެޕާޓީން ވަކިވާން ސިޓީފޮނުއްވާފައެވެ. އަދި އެބޭފުޅުން ތިއްބެވީ ރައީސް ޞާލިޙާއެކުކަން ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ޖޭޕީން ވަކިވެ ރައީސް ޞާލިޙަށް ތާޢީދުކުރައްވަން ނިންމެވި ބޭފުޅުންގެތެރޭގައި ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހާއި، ޗައިނާއަށް ރާއްޖެއަށް ކަނޑައަޅުއްވާފއއި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހް ރަޝީދާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި ވަލީދާ ވަލީދާއި ހަޔަރ އެޑިއުކެޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމުގައި އިންނެވި އާމިނަތު މުޙައްމަދު ސަލީމް (ސޯނީ) ހިމެނިވަޑައިގަންނަވައެވެ.

މި ބޭފުޅުން ޖޭޕީން ވަކިވީ އަދާކުރައްވަމުން ގެންދަވާ މަޤާމް ދިފާޢުކުރައްވަންކަމަށް ޖޭޕީން ތުހުަތުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *