ޤާސިމްގެ ވެރިކަމެއްގައި އެއްވެސް މީހަކަށް އަނިޔާވެރިވެ، ދައުލަތުން ވައްކަމެއް ނުކުރާނެ: ސައުދު

ޤާސިމްގެ ވެރިކަމެއްގައި އެއްވެސް މީހަކަށް އަނިޔާވެރިވެ، ދައުލަތުން ވައްކަމެއް ނުކުރާނެ: ސައުދު

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2023 04:08
0

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވެރިކަމެއްގައި އެއްވެސް މީހަކަށް އަނިޔާވެރިވުމެއް ނޯންނާނެކަމަށް ޖޭޕީގެ ނައިބް ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ޤާސިމް ވާދަކުރައްވަން ނިންމަވައި މެނިފެސްޓޯ އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިއްސާ ކުރެއްވި ބައެއް ކަންކަމާއި ގުޅޭ ޓުވީޓެއްގައެވެ. ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާއިރު، އެޕާޓީން ކަނޑައަޅާ ސިޔތާސަތުތަކާއި، މެނިފެސްޓޯ އެކުލަވާލުމަށް ކުރަންޖެހޭ މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ.

ސައުދު ވަނީ ޤާސިމްގެ ވެރިކަމެއްގައި ރައްޔިތުންނަށް ކަށަވަރުވާނެ މުހިންމު ހަތަރު ސިޔާސަތެއް ހިއްސާ ކުރައްވާފައެވެ. އެގޮތުން ޤާސިމްގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެވޭނެކަމަށާއި، އެއްވެސް މީހަކަށް އަނިޔާވެރިވެ، ދައުލަތުގެ މުދަލާއި، ޚަޒާނާއިން ވައްކަން ކުރުމުގެ ޖާގަ ނުދެވޭނެކަމަށް ސައުދު ވިދާޅުވިއެވެ. އަދި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލޭނެ އެއްވެސް ކަމަށް ޖާގަ ނުދޭނެކަމަށް ސައުދު ވިދާޅުވިއެވެ.

ޤާސިމުގެ ވެރިކަމެއްގައި މިކަންކަން ކަށަވަރުވާނެ:

1. އިސްލާމްދީން ހިމާޔަތްކުރާނެ،
2. އެއްވެސް މީހަކަށް އަނިޔާވެރިވުމެއް ނޯންނާނެ،
3. ދައުލަތުން ވައްކަމެއް ނުކުރާނެ،
4. ޤައުމުގެ އިސްތިޤްލާލު ގެއްލެން ފުރުޞަތު ނުދޭނެ

ޖުމްހޫރީ ޕާޓީން ވެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައިި އެޕާޓީއާއިއެކު ކޯލިޝަން ހެދުމަށް މިހާތަނަށް މަޝްވަރާ ކުރަމުންދަނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުންނެވެ. ޖޭޕީން ވަނީ އެމްއާރުއެމްއާއިއެކުވެސް މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގެ ބައެއް ދީނީ ޖަމްއިއްޔާތަކާއި ވެސް އެޕާޓީން ވަނީ ބައްދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ސުވާލަކީވައްކަންކުރާމީހާގެ އަތްކަނޑަންކެރިދާނެތޯއެވެ
މ މުނާ
ރައްޔިތުންގ ކިތައ މުދާ އެހެރީ ދިރުވައިލައިގެނ. ނުފެނޭތ؟