ބަޓިކް އެއަރ މެލޭޝިއާއިން މޭ މަހު ރާއްޖެއަށް ފްލައިޓްތައް ބާއްވާނެ

ބަޓިކް އެއަރ މެލޭޝިއާއިން މޭ މަހު ރާއްޖެއަށް ފްލައިޓްތައް ބާއްވާނެ

ގުޅުންހުރި

މެލޭޝިއާގެ ”ބަޓިކް އެއަރ މެލޭޝިއާ“ އިން އަންނަ މޭމަހު ރާއްޖެއަށް ދަތުރު ފެށުމަށް ނިންމައިފިއެވެ.

މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 737 މެކްސް 8 މަރުކާގެ ބޯޓެކެވެ. މި އެއަރލައިނުން ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ބަޓިކް އެއަރ މެލޭޝިއާގެ ދަތުރުތައް ފަށާނީ މޭ މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. މި ދަތުރުތައް ރާއްޖެއަށް ކުރާނީ ސްރީލަންކާގެ ކޮލަންބޯގައި ޓްރާންސިޓް ކުރުމަށްފަހުގައެވެ.

މި އެއަރލައިނުން 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް ވަނީ ސްރީލަންކާއަށް ދަތުރުތައް ކޮށްފައެވެ. ނަމަވެސް މިއީ ރާއްޖެއަށް ދަތުރު ފަށާ ފުރަތަމަ ފަހަރެވެ.

މެލޭޝިއާއަކީ ކިޔެވުމާއި ސިއްހީ ބޭނުންތަކާއި އަދި އެނޫންވެސް ކަންކަމަށް ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ޤައުމެކެވެ. އަދި މެލޭޝިއާއިން ރާއްޖެއަށް ފަތުރުވެރިންވެސް އާދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ