ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މައްޗަށް ވެރިވެގައިވާ ނުފޫޒުތަކުގެ ދަށުން ނިންމާ ނިންމުންތަކުގެ ސަބަބުން ޕާޓީގެ އަމިއްލަ ވަންތަކަން ގެއްލި ޤައުމީ މަސްލަހަތާއި ފުށު އަރާކަމަށް ފެންނާތީ ޖުމްހޫރީ ޕާޓީން ވެކިވެ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ކުރުމަށް ސޮބާހު ރަޝީދު ނިންމައިފިއެވެ.
ސޮބާހު ރަޝީދަކީ ޗައިނާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބަސަޑަރެވެ. ސޮބާހު ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ދައުރުގައި ގެންގުޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެ ވަނީ ކޯވިޑްގެ ހާލަތުން އަރައިގަނެ އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ދުވެލި ބާރުވެފައި އިޖުތިމާއީ ހަމަޖެހުންވަނީ ގާއިމް ކުރެވިފައިކަމަށެވެ. ވަކިން ޚާއްސަކޮށް ޚާރިޖީ ގޮތުން ގުޅުންތައް ބަދަހިވެ ރާއްޖޭގެ ދިގު ތާރީހުގައިވެސް ބައިނަލް އަގުވާމީ މައިދާނުގައި ނުލިބޭފަދަ އިތުބާރާއި ޝަރަފްވެރި ކަމެއް ވަނީ ހޯދާފައިކަމަށެވެ.
JP ge thereyga oiyth oivaruge sababun qaumi maslahath adhi JP & Leader ah siyaasi gothun libemundhaa gellun thahammal
kuran undhagoo. Qaumi maslahath iskoh 2023 ge riyaasi inthikhaabuga @ibusolih ah thaaeedh kuran nimmaifin. Ehen kamun JP in vakivumah ves nimmaifin. pic.twitter.com/8FAcHZXRBA— Sobah Rasheed (@sobrash) April 1, 2023
ޖޭޕީގެ ތެރޭގައި މިވަގުތު އޮތް އޮއިވަރު ތެރެއިން ނިންމާ ނިންމުންތަކުގެ ސަބަބުން ޖުމްހޫރީ ޕާޓީގެ އަމިއްލަ ވަންތަކަން ގެއްލި ގައުމީ މަސްލަހަތަށް ކުރާ ނޭދެވޭ އަސަރު، އަދި ޖުމްހޫރީ ޕާޓީއާއި ޕާޓީގެ ލީޑަރަށް ސިޔާސީ ގޮތުން ލިބެމުންދާ އިޔާދަ ނުކުރެވޭފަދަ ގެއްލުން ތަހައްމަލު ކުރަން ވަރަށް އުދަގޫކަމަށް ސޮބާހުގެ ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދު އިޔާދަކޮށް ކުރި އެރުވުމަށް ކުރެވޭ މަސައްކަތް ދެމެހެއްޓުމަށާއި، އިމްރާނީީ ގޮތުންނާއި އިޖުތިމާއީ ގޮތުން ޤައުމު ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްތައް ދަމަހައްޓައި ފުރިހަމަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބުވުން މުހިންމު ކަމަށް ދެކޭތީ 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރަން ނިންމައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު ޕާޓީގެ މައްޗަށް ވެރިވެގައިވާ ނުފޫޒުތަކުގެ ދަށުން ނިންމާ ނިންމުންތަކުގެ ސަބަބުން ޕާޓީގެ އަމިއްލަ ވަންތަކަން ގެއްލި ޤައުމީ މަސްލަހަތާއި ފުށު އަރާކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީ ޖުމްހޫރީ ޕާޓީން ވަކިވުމަށް ނިންމާފައިފިން.
– ސޮބާހު ވިދާޅުވިއެވެ.
އޭނާ ވަނީ އެނާއަށް ޚާރިޖީ ދާއިރާގަިއ މަސައްކަތް ކުރުމުގެ ފުރުސަތު ޖުމްހޫރީޕާޓީން ތަނަވަސް ކޮށްދިން ކަމަށްޓަކައި ޖޭޕީގެ ލިޑަރު ޤާސިމަށް ޝުކުރު އަދާކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ނިކުތުމަށް ނިންމައި ޤާސިމް ވާދަކުރާނެކަން އިއުލާން ކުރި ހިސާބުން އެޕާޓީގެ ސްލޮޓްތަކުގައި އެކި މަޤާމުތައް ފުރުއްވާ ގިނަ ބޭފުޅުން ދަނީ މަޤާމުތަކުން އިސްތިއުފާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ