ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިސް ބޭފުޅެއް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ހަސަން (އެވިލާ) އެޕާޓީން މިއަދު ވަކިވެވޑައިގެންފިއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް އެޑްރެސްކޮށް އެވިލާ ލިޔުއްވާފައިވާ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ މިއަދުގެ ސަރުކާރު ވުޖޫދަށް ގެނައުމަށްޓަކައި، ގާސިމާއެކު ނުހަނު ބުރަކޮށް މަސައްކަތް ކުރެވުނީތީ އުފާކުރާ ހާލު، މި ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަދި ގައުމުގެ ހަމަޖެހުމަށް ކުރައްވައްވަމުން ގެންދަވާ މަސައްކަތްތައް ބަލައިގަނެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެވިލާއާއި އެވިލާ އާއިލާ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމާފައިވާތީ ޖޭޕީން ވަކިވާ ކަމަށެވެ.
މި ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަދި ގައުމުގެ ހަމަޖެހުމަށް ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތައް ބަލައިގަނެ، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި، އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމާފައިވާތީވެ، އަޅުގަނޑު ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ވަކިވި ވާހަކަ ދެންނެވީމެވެ.
– ސިޓީގައި ވިދާޅުވެފައިވެއެވެ.
ޖުމްހޫރީ ޕާޓީން ވަކިވުމަށް އިބްރާހިމް ހަސަން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ ސަރުކާރު ވުޖޫދަށް ގެނައުމަށްޓަކައި ގާސިމާއެކު ކުރެވުނު މަސައްކަތަކަށް އުފާ ކުރައްވާ ކަމަށެވެ.
އެވިލާ ޖޭޕީން ވަކިވެފައިވާއިރު އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހް އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސޯނީ އާއި ވަލީދާ ވަނީ އިއްޔެ ޖޭޕީން ވަކިވެފައެވެ.
One Response
އެމްޑީޕީ ރޫޅަން އުޅުނު މީހުންނާއި އެއްބައިވި ހިސާބުން މި ރޫޅެނީ އެހެން ޕާރޓީއެކެވެ.